ކުރީގެ ބޮކްސިން ތެޅުންތެރިޔާ މައިކް ޓައިސަން އާއި ކޮތަރާ އޮންނަނީ ވަރަށް ޙާއްސަ ގުޅުމެއް އުފެދިފައެވެ.
ޓައިސަން އަކީ އުމުރުން ނުވަ އަހަރުން ފެށިގެން ކޮތަރުދެކެ ލޯބިވާ މީހެއް ކަމަށާއި އެއީ ކުޑައިރު ބަރުދަން އިތުރުވުމުން ތަހައްމަލު ކުރަން ޖެހުނު ބުލީކުރުމުން ސަލާމަތްވުމަށް ގެންގުޅުނު އެއްޗެކެވެ.
އޭނާގެ ލޯބީގެ ގުޅުންތައް ވެސް ހީނަރުވެގެންދިޔައީ ކޮތަރުގެ ސަބަބުންކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާގެ ލޯބިވެރިއަކު ވަނީ އޭނަ ގެންގުޅުނު ކޮތަރެއް އޭނައަށް ކާންދޭން މަސައްކަތް ކޮށްފައެވެ.
މީގެއިތުރުންވެސް ޓައިސަން ކުޑައިރު އޭނާއަށް ބުލީކުރާ މީހަކުވަނީ އޭނާގެ ކޮތަރެއްގެ ކަރުގައި ހިފާ މަރާލާފައެވެ.އަދި މިހާދިސާއަކީ އޭނާގެ ހަޔާތުގެ ފުރަތަަމަ ޕަންޗު މީހެއްގައިގައި ޖެހި ފަހަރު ކަމަށް ޓައިސަން ވަނީ ބުނެފައެވެ.
