ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް އާ ފިލްމު "ބްލަޑީ ޑެޑީ" އިއުލާން ކުރި ދުވަހުން ފެށިގެން ހުރިހާ ފޭނުންގެ ސަމާލުކަން ހުއްޓިފައި ހުރީ ޝާހިދު ކަޕޫރަށެވެ. ދާދި ފަހުން ރިލީޒްކުރި ވިޖޭ ސެތޫޕަތީ އާއި ރާޝީ ޚަންނާ ލީޑް ރޯލުން ފެނިގެންދާ ވެބް ސީރީޒް ފަރްޒީގެ ސަބަބުން އެކްޓަރު ޑިޖިޓަލް ރެކޯޑްތައް މުގުރާލުމުގެ އިތުރުން ސީދާ ފޭނުންގެ ހިތްތަކަށް މަގުފަހިވެގެންދިޔައެވެ. "ބްލަޑީ ޑެޑީ"ގެ ފުރަތަމަ ލޫކުން ފޭނުންގެ ހުރިހާ ފޯރިއެއް އިތުރުންވެގެން ގޮސްފައިވާއިރު މި ތަފާތު ކެރެކްޓާގައި އެކްޓަރު ބަލަން ފޭނުން ތިބީ ކެތްމަދުވެފައި އެވެ. މިއަދު މި ފިލްމުގެ ޓްރެއިލާ އާންމުނަށް ދައްކާލާފައިވާއިރު ފޭނުން ތިބީ ވަރަށްވެސް ފޯރިގަދަވެފައިއެވެ. 

އޭނާގެ އިންސްޓަގްރާމް ހެންޑްލްގައި ޝާހިދު ކަޕޫރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބްލަޑީ ޑެޑީ" ގެ ޓީޒާ ހިއްސާކޮށްފަ އެވެ. ޓީޒާ ފެށެނީ އެކްޓަރު އަތުގައި ވަޅިއެއް ހިފައިގެން ހިނގާލާފައި އަންނަ މަންޒަރުންނެވެ. ކަޅު ސޫޓެއް ލައިގެން ހުރި އޭނާގެ ސްޓައިލިޝް އަވަޓަރ ދައްކާލާއިރު އޭނާ ހަގީގަތުގައިވެސް ފެންނަނީ ތަފާތު ގޮތަކަށެވެ. ޓީޒާއިން އެނގޭ ގޮތުގައި އެކްޓަރު ފުދޭވަރަކަށް ބޮޑަށް އެކްސަންގެ ބައި ފެންނާނެ އެވެ. މި ޓީޒާގައި ސަންޖޭ ކަޕޫރާއި ޑަޔާނާ ޕެންޓީގެ އިތުރުން އެހެން ތަރިންވެސް ފެނިގެންދެއެވެ. ބެކްގްރައުންޑް މިއުޒިކުން ވިޔަސް ނުވަތަ އެޖް އޮފް ދަ ސީޓް އެކްޝަން ވިޔަސް ޓީޒާގެ ހުރިހާ ކަމެއް ވެސް ވަރަށް ވެސް ތަފާތެވެ. މި ޓީޒާ ހިއްސާކުރަމުން ޝާހިދު ލިޔެފައިވަނީ “ތަފާތު ފިލްމެއް ބަލާލަން ދާން ތައްޔާރު ވާށެވެ.” އަދި ފިލްމު ރިލީޒްކުރާނެ ތާރީހު، ޖޫން 9، 2023 ގައި ވެސް އެކްޓަރު ވަނީ އިއުލާންކޮށްފަ އެވެ. 

ފިލްމުގެ ޕޯސްޓަރުގައި ޝާހިދު ކަޕޫރު ފެންނަނީ ވަރަށް ސްޓައިލިޝް އަދި ނުރައްކާތެރި ގޮތަކަށެވެ. އެ ޕޯސްޓަރުގައި ފެންނަނީ އޭނާގެ ގަމީސް ބައިވަރު ލޭ ހޭކިފައިވާ މަންޒަރެވެ. އަދި އޭނާގެ ނޭފަތުގައި ވެސް ލަކުނެއް ހުރުމުން އެ ކެރެކްޓަރ ވަރަށް ގިނަ ކަންތައްތަކެއް ތަހައްމަލުކޮށްފައިވާކަން ހާމަވެއެވެ. މި ނަޒަރުން ދޭހަވަނީ މި ފިލްމަކީ އެކްޝަން އާއި މުނިފޫހިފިލުވުމުގެ ދާއިރާއިން މަތީ ފިލްމަކަށް ވެގެން ދާނެކަމަށެވެ.