ހޯމަދުވަހު އެޕަލް އިން ވަނީ 10 ނޮވެމްބަރ 2020 ވަނަދުވަހު އެޕަލްގެ ހާއްސަ އިވެންޓެއް އޮންނާނެކަން އިއުލާން ކޮށްފައެވެ. " ވަން މޯރ ތިންގް" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ މިއިވެންޓާއި ބޭހޭ އެއްވެސް އިތުރު މައުލޫމާތެއް އަދި އެޕަލްގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަމަހު އެޕަލްއިންވަނީ އަލަށް އުފެއްދި އައިފޯން ތައް ދައްކާލާފައެވެ. އަދި ސެޕްޓެމްބަރު މަހު އެޕަލްވޮޗް އާޢި އިތުރު ބައެއް ހިދުމަތްތައް ވަނީ ތައާރަފްކޮށްފައެވެ. މިއަހަރު ޖޫންގައި އެޕަލްގެ ފަރާތުން އެމީހުންގެ އަމިއްލަ ޕްރޮސެސަރ ޗިޕްއަކާއި ޑަބްޑް އެޕަލް ސިލިކަން އެއް ހިމެނޭގޮތަށް މުޅިން އާ މެކް ކޮމްޕިއުޓަރެއް މިއަހަރު ނިމުމުގެ ކުރިން ތައާރަފް ކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ.
އެނަލިސްޓުން ލަފާކުރާ ގޮތުގައި ނޮވެމްބަރ 10 އެއްގައި އެޕަލްއިން ބާއްވާ މިއިވެންޓުގައި އެމީހުން އަލަށް ހަދާފައިވާ މެކް ކޮމްޕިއުޓަރ ތައާރަފްކުރާނެއެވެ.
މިފަހަރުގެ ޓެގްލައިން " ވަންމޯތިންގް" އަކީ އެޕަލް ކުންފުނީގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް ކުރިން އެނައުންސް ނުކުރާ އުފެއްދުމެއް ދައްކާލުމުގެ ކުރިން ބޭނުންކޮސްއުޅުނު ބަހެކެވެ. އެނަލިސްޓުން ހާމަކުރިގޮތުގައި އެޕަލް ކުންފުނިން މިއިވެންޓުގައި މެކް ކޮމްޕިއުޓަރުގެ އިތުރުން އަލަށް އުފައްދާ އޯވަރ އިއަރ- އެއަރ ޕޮޑްސް އަދި ޓްރެކިންގ ޓެގް ތާރަފްކުރާނެ ކަމަށް ބެލެވެއެވެ.
