"ކޮންބަޔެއް ހޭ މިއީ ކޮންކަމެއް ހޭ މިއީ" މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހިރާއްޖޭ ގެ ވެރިރަށް މާލޭ ގެ ގިނަ ރައްޔިތުން ގެ ހިތުގައި އުފެދިގެން ދިޔަ ސުވާލެކެވެ.
އާމާންއޮމާން ފަތިހަށް ނާމާކަން ގެނެސް ދިނީ ދިވެހި ޙާއިނުން ތަކެއް ވެގެން ދިވެހިރާއްޖޭ ގެ ވެރިކަން ބަދަލުކުރަން ރާވާއިގެން ސްރީލަންކާ ގެ ޓެރެރިސްޓް ޖަމާއަތެއް ކަމުގައިވާ ޕްލޯޓް ޖަމާއަތުގެ 80 ކުލީ ސިފައިންނާއި އެކު އަރާ ދިވެހިރާއްޖޭ ހިފަން ހިންގި އުދުވާނުގެ ސަބަބުންނެވެ. އެމީހުން މާލެ ފޭބީ ބައިބަޔަށް ބެހިންގެންނެވެ . އެގޮތުން 3 ގުރޫޕެއް ހެދިއެވެ. ފުރަތަމަ ގުރޫޕް ގެ މަގުސަދަކީ ރާއްޖޭ ގެ ދިފާއީ ބާރަށް ހަމަލާ ދިނުމެވެ. ދެވަނަ ގުރޫޕް ގެ މަގުސަދަކަށް ވެގެން ދިޔައީ ރާއްޖޭ އޭރުގެ ރައީސްއުލްޖުމްހޫރިޔާ މައުމޫން އަބްދުލް ގައްޔޫމް އާއި އެހެންނިހެން މުހިންމު ކެބިނެޓްމިނިސްޓަރުން ހިފާހައްޔަރުކުރުމެވެ. ތިންވަނަ ގުރޫޕް ގެ މަގުސަކަށް ވެގެން ދިޔައީ މުއާސަލާތީ ހުރިހާ ގުޅުމެއް އެމީހުން ގެ ބާރުގެ ދަށައް ގެނެސް މާލެ އެމީހުން ގެ ކޮންޓްރޯލް ގެ ދަށައް ގެނެއުމެވެ.
ފުރަތަމަ ގުރޫޕްއިން އެމީހެން ގެ ޓާސްކް އާއިގެން ކުރިޔަދާން ވެގެން ނިކުތް ތަނުން އެތަނުން އެކެއް ގެ ބަޑިން ވަޒަނެއް ގޮވިއެވެ. މިކަމުގެ ސަބަބުން ސިފައިންގޭގެ މައިދޮރާށީގެ ޑިއުޓީގައި އެވަގުތު ހުރި ކުޅުދުށްފުއްޓައް ނިސްބަތް ވާ 20 އަހަރުގެ ސަހީދު ކޮޕްރަލް ހުސެންއާދަމް އަށް ވަގުތުން އެއަޑު އިވި އެ އަޑުއައި ދިމާލަށް ވަގުތުން ބަޑި ޖަހަން ފެށިއެވެ. އަދި އެތެރޭގައި ނިދާފައި ތިބި ސިފައިންނައް ތައްޔާރު ވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ސަހީދު ކޮޕްރަލް ހުސެން އާދަމް އަށް ފުރަތަމަ ބަޑި ޖެހުނީ އޯޓޯގައި ބަހައްޓައިގެން ކަމުން އޭނާ ގެ ފުރަތަމަ މެގަޒިން ވަރަށް އަވަހަށް ހުސްވެގެން ދިޔައެވެ. ނަމަވެސް އޭނާ ދެވަނަ މެގަޒިން ލައްވާލައިފައި ރެގިއުލާއަށް ބަދަލުކޮއްލިއެވެ. ދެވަނަ މެގަޒިން ލައްވަމުން ޑިއުޓީ އޮފިސާ އަށް ގޮވާލަމުން ރިޒާ އަހަރެން އަތުން ވަޒަން ހުސް ވަނީ ވަޒަން ފޯރުކޮށް ދޭށޭ ބުނެލިއެވެ. ރިޒާ އެންގެވީ އެތެރެޔަށް ވަދެވެންޔާ ވަންނާށޭއެވެ. އެކަމު އެއިރު ހުސެންއާދަމް ހުރީ އެތެރެއަށް ވަދެވޭނެ ފަދަ ގޮތަކަށް ނޫން ކަމުން އޭނާ ހަމަލާތައް ކުރިޔަށް ގެންދެވިއެވެ. ހަމަލާ ދެނީ ކޮން ހަތިޔާރަކުން ތޯ ސުވާލު ކުރީމާ އޭނާ ބުނީ މިހާރު އަތުބޮމުންނޭ. މަގޭ އަތަށް ވަޒަން އަރަފިއޭ. ވަޒަން ވެސް ހުސް ވަނީ އޭ. ވަޒަން އަދިވެސް ނުލިބޭ ހޭ. ކޮން ބަޔެއްކަމެއް ނޭނގޭ ހަމަލާ ދެނީ ސޯޓް ބުރިތަކެއް ލައިގެން އުޅޭ ބަޔެކޭ އުޅެނީ. މިހެން ނެވެ. އަނެއްކާވެސް އެތެރެއަށް ވަންނަން ބުނުމުން މަގޭ އަތުގައި އެވަރަށް ވަޒަނެއް ނެތޭ ބުނެލިއެވެ. މާގިނަ އިރުތަކެއް ނުވެ ދުސްމަނުންގެ ވަޒަނުން ޒަހަމްވެ ހުސެންއާދަމް ގެ ލެއިން ފާރު ކަޅިވެގެން ދިޔައެވެ. ދެން ސިފައިންގެއިން ދޭން ފެށި ހަމަލާ ތަކުގެ ސަބަބުން އެ މީހުން ގެ ލީޑަރުންތަކެއް މަރުވެގެން ދިއުމުން އެތައްބައިވަރު ދިވެހިންތަކެއް ރަހީން (ކެބިނެޓް މިނިސްޓަރެއް ހިމެނޭގޮތައް) ކޮށްގެން ޕްރޯގްރެސް ލައިޓް ނަމަކަށްކިޔާ ބޯޓެއްގައި ފުރައިގެން ދަނިކޮށް އިންޑިޔާ ސިފައިންގެ އެހީގައި އެމީހުން ސަލާމަތް ކުރެވުނެވެ. މި އުދުވާނުގައި ދިވެހިން ގެ ތެރެންއިން 19 މީހުން ޝަހީދު ވެގެން ދިޔައެވެ.
