ކޮންމެ އަހަރަކު ފިޠުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ޢީދު ބައިބަލާ ޗެލެންޖްގެ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.
މިދިޔަ 25 އަހަރު މާލޭގައި ބޭއްވުމަށްފަހު މި އަހަރުގެ މުބާރާތް ފުރަތަމަ ފަހަރަށް އޮންނާނީ ހުޅުމާލޭގައެވެ. މި ފަހަރުގެ މުބާރާތުގައި 34 ޓީމަކުން ވާދަކުރެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ޢީދު ބައިބަލާ ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީ އެވެ. މި އަހަރުގެ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އަރބަންކޯ އެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ ޢީދު ބައިބަލާ ޗެލެންޖްގެ މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ކޮވިޑް-19ގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކްލަބް އޮންލީ އޮޕޮޗިއުނިޓީ (އޯވަންއޯ) އެވެ.
ކޮންމެ އަހަރަކު ޢީދާ ދިމާކޮށް ޗެމްޕިއަން ޓީމަށް ފައިސާގެ ބޮޑު އިނާމަކާއެކު ބާއްވަމުން އަންނަ ބައިބަލާ މުބާރާތަކީ ޒުވާނުންގެ މެދުގައި މަގްބޫލް ކުޅިވަރެކެވެ.
MTCC Baibalaa Challenge 1444 pic.twitter.com/C6HZ6bvVDH
— Baibalaa Association of Maldives (@BaibalaaaMv) April 20, 2023
