ރިޓޯ ސޮލިއުޝަންގެ ފަރާތުން ޝަހީދު ޙުސައިން އާދަމްގެ ޢާއިލާއަށް ފެން ފިލްޓަރެއް ހަދިޔާކޮށްފި އެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރިޓޯ ސޮލިއުޝަންގެ ފަރާތުން ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ ޓީމުން ޙަވާލުކުރި ވޯޓަރ ޕިއުރިފައަރ މެޝިން އާއި ހަވާލުވެފައިވަނީ، ޝަހީދު ޙުސައިން އާދަމްގެ މަންމަ އާއި ބައްޕަ އެވެ.
ރިޓޯ ޝޮލިއުޝަންގެ ފަރާތުން ވިޔަފާރިވެރިޔާ އަލީ ރިފާޢު ވިދާޅުވީ މިއީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން ވެދިން އެހީއެއްކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރިޓޯ ސޮލިއުޝަންގެ ފަރާތުން "ޝަހީދު ޙުސައިން އާދަމް"ގެ އާއިލާއަށް ކުރި ހަދިޔާ އެކެވެ.
