ޑައިރެކްޓަރު ރޯހިތު ޝެޓީއާއި އަޖޭ ދޭވްގަން އެކުގައި ފެށި "ސިންގަމް" ފްރެންޗައިސްގެ ތިންވަނަ ފިލްމު "ސިންގަމް އަގެއިން" ރިލީޒްކުރާ ތާރީޚް އަވަސްކޮށް އިޢުލާންކޮށްފިއެވެ.
އެގޮތުން ފިލްމު ރިލީޒްކުރަން ކަނޑައަޅާފައިވާ ތާރީޚް ކަމަށްވާ 2024 ނޮވެންބަރު 25އިން 2024 އޯގަސްޓް 15އަށް މިވަނީ އަވަސްވެފައެވެ. އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ފިލްމު ރިލީޒްކުރަން ތައްޔާރުވެފައިވާއިރު ފިލްމުގެ ޝޫޓިންގތައް މިހިނގާ 2023ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިކަން އިޢުލާންކޮށް އިންޑިއާގެ މަޝްހޫރު ޓްރޭޑް އެނަލިސްޓް ޓަރަން އަޑާރޝް ވެސް ވަނީ ޓްވީޓްކޮށްފައެވެ.
#Xclusiv… AJAY DEVGN - ROHIT SHETTY: ‘SINGHAM AGAIN’ ON INDEPENDENCE DAY 2024… #SinghamAgain - the third part in #RohitShetty’s super-successful #Singham franchise - to release on 15 August 2024 #IndependenceDay.#AjayDevgn returns as #BajiraoSingham… Starts August 2023. pic.twitter.com/RkWMeau7yS
— taran adarsh (@taran_adarsh) April 22, 2023
އަޖޭ ދޭވްގަންއާއި ދީޕިކާ ޕަދުކޯން ލީޑް ކޮޕް ރޯލުތަކުން ފެނިގެންދާ މި ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.
"ސިންގަމް" ފްރެންޗައިސްގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. އެ ފިލްމުގެ ލީޑު ރޯލުތަކުން އަޖޭއާއެކު ކާޖަލް އާގަރްވާލާއި ޕްރަކާޝް ރާޖް ފެނިގެންދިޔައެވެ. އަދި "ސިންގަމް ރިޓާންސް"ގެ ނަމުގެ އޭގެ ދެވަނަ ފިލްމު 2014ގައި ރިލީޒްކޮށްފައިވާއިރު މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ނުހަނު ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ.
"ސިންގަމް އަގެއިން"ގެ މަސައްކަތްތައް ފެށުނުއިރު، ރޯހިތުގެ ކޮޕް ޔުނިވާސްގެ އިތުރު ބައެއް ކޮޕުން ކަމަށްވާ ރަންވީރް ސިންގއާއި އަކްޝޭ ކުމާރު ވެސް މި ފިލްމުގައި ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.
