ފާސްޓް އެންޑް ފިއުރިއަސްގެ އެކްޓަރު ޓައިރީސް ގިބްސަން އޭނާގެ ކުރީގެ އަންހެނުން ސަމަންތާ ލީ ގިބްސަންއާ ގާނޫނީ މައްސަލަ ތަކެއް ޖެހިފައިވާ އިރު، މީގެ ކުރިން އޮގަސްޓް މަހު އޭނާ ވަނީ ޗައިލްޑް ސަޕޯޓަށް މަހަކު 10،000 ޑޮލަރު ދޭން ދެކޮޅު ހަދާފަ އެވެ.
ޓައިރީސް ގަބޫލުކުރި ގޮތުގައި އެ އަދަދަކީ މާ ބޮޑު އަދަދެއް ކަމަށާއި ސަމަންތާއަށް އެހާ ބޮޑު ކަމެއް އަދަދެއް ދޭން ނުޖެހޭ ސަބަބަކީ އޭނާ އަމިއްލައަށްވެސް ފުދޭވަރެއްގެ ގިނަ ފައިސާއެއް ހޯދާތީކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަދި ގާޒީ އޭނާއާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅުއްވުން އެއީ އެހާ ބޮޑު އަދަދެއް ދައްކަން އަމުރު ކުރެއްވި ސަބަބެއް ކަމަށް ވެސް ޓައިރީސް ތުހުމަތު ކުރި އެވެ.
ޓައިރީސް އަށް މިހާރު ވަނީ ވަކީލުންގެ ފީ އާއި ޗައިލްޑް ސަޕޯޓްގެ ގޮތުގައި ގާތްގަނޑަކަށް 650،000 ޑޮލަރު ދެއްކުމަށް އަމުރުކޮށްފަ އެވެ. ގާޒީ ނިންމެވީ ކަސްޓޯޑިއަލް ބެޓްލްގެ އަޑުއެހުމެއްގައި ޓައިރީސްގެ ކުރީގެ އަންހެނުން ސަމަންތާ އަށް އަނބުރާ ޗައިލްޑް ސަޕޯޓްގެ ގޮތުގައި 237،944 ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އޭގެ އިތުރުން އޭނާގެ ވަކީލަށް 399،000 ޑޮލަރު ދޭން ޖެހޭ ކަމަށެވެ. އަދި ޓައިރީސް އަށް، ސްޕެޝަލް މާސްޓަރަށް 17،000 ޑޮލަރު ދައްކަން ޖެހިދާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ޓައިރީސްގެ ވަކީލު ތާނިއާ މިޗެލް ބުނެފައިވަނީ އާ ޝަރީއަތެއް ބާއްވަން ހުށަހެޅުމާއެކު އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި ފާސްޓް އެންޑް ފިއުރިއަސްގެ އެކްޓަރު ކުރީގެ އަންހެނުންނަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
