ކުވައިތުނިއުސްއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ވާޗުއަލް ނިއުސް ޕްރެޒެންޓަރެއް ދައްކާލާފައިވާއިރު، އެ ޕްރެޒެންޓަރަކީ އޮންލައިން ބުލެޓިން ކިޔުމަށް ހަމަޖެހިފައިވާ ޕްރެޒެންޓަރެވެ.
“ފޭދާ” ކުވޭތުނިއުސްގެ ވެބްސައިޓުގެ ޚަބަރު ހުށައަޅަނިކޮށް ޓްވިޓާ އެކައުންޓުން ފެނިގެން ގޮސްފައިވަނީ ކަޅު ޖެކެޓަކާއި ހުދު ޓީޝާޓެއް ލައިގެން ހުރި ފަނޑު ބްލޮންޑު އިސްތަށިގަނޑެއް ހުރި އަންހެނެއްގެ ސިފައިގައެވެ. ޙަބަރު ހުށައަޅައިދެމުން " “އަހަންނަކީ ކުވައިތު ނިއުސްގައި އާޓިފިޝަލް އިންޓެލިޖެންސް އާއި އެކު މަސައްކަތް ކުރާ ކުވައިތުގައި ފުރަތަމަ ޕްރެޒެންޓަރު ފެދާ. ތިބޭފުޅާ އިސްކަންދެނީ ކޮންކަހަލަ ޚަބަރަކަށް ހެއްޔެވެ؟ ހިނގާ ތިޔަބޭފުޅުންގެ ޚިޔާލުތައް އަޑުއަހާލަން،” އަރަބި ބަހުން ފެދާ ބުނި އަޑު އިވުނެވެ.

2022 ވަނަ އަހަރު ކުވައިތު ނިއުސްއާ ގުޅިގެން އުފެދުނު ކުވައިތު ޓައިމްސް އަކީ ގަލްފް ސަރަހައްދުގެ ފުރަތަމަ އިނގިރޭސި ބަހުން ނެރޭ ދުވަހު ނޫހެއްގެ ގޮތުގައި 1961 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ޕަބްލިކޭޝަން އަދި ވެބްސައިޓްގެ ޑެޕިއުޓީ އެޑިޓަރު އިން ޗީފް އަބްދުالله ބޮފްޓައިން ވިދާޅުވީ މިއީ އޭއައި އިން "އާ އަދި އިނޮވޭޓިވް ކޮންޓެންޓް" ހުށަހެޅުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމުގެ މަސައްކަތެކެވެ. އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފޭދާ އަށް ކުވައިތުގެ ބަސް ފަރިތަވެ، އެ ސައިޓްގެ ޓްވިޓާ އެކައުންޓުގައި ނިއުސް ބުލެޓިން ހުށަހެޅިދާނެ ކަމަށެވެ.
“ފޭދާ އަކީ މަޝްހޫރު، އިހުގެ ކުވައިތުގެ ނަމެއް ކަމަށާއި އެއީ ރިހި، ދަގަނޑަށް އިޝާރާތްކުރާ ނަމެއް. އަހަރެމެން އަބަދުވެސް ތަޞައްވުރު ކުރަނީ ރޮބޮޓްތަކަކީ ސިލްވަރ އަދި މެޓަލިކް އެއްޗެއްކަމަށް، އެހެންވެ އަހަރެމެން މި ނަން ދިނީ” ބޮފްޓައިން ބުންޏެވެ.
ދުނިޔޭގެ ފެންވަރުގައި އޭއައިގެ ހަލުވި ކުރިއެރުމުން ތަފާތު ގިނަ ތަޖުރިބާތައް ކުރުމަށް އެކި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
