އެމެރިކާގެ ޖައްވީ އިދާރާ ނޭޝަނަލް އެރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަނުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އިންދާ ޓޮމާޓޯ ސްޕޭސްއެކްސްގެ ޑްރެގަން ކާގޯ ރީސަޕްލައި ޖައްވީ އުޅަނދުގައި ދުނިޔެއަށް ގެނެސްފިއެވެ. މި ހަރަކާތް ލައިވްކޮށް ވަނީ ދައްކާފައެވެ.

ނާސާގެ ބަޔާނުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންފުޑް ސިސްޓަމް (ވެޖް-05) ތަޖުރިބާ ސަޕްލިމެންޓް ކުރުމަށް ޕިކް އެންޑް އީޓް ސެލެޑް-ކްރޮޕް ޕްރޮޑަކްޓިވިޓީ، ނިއުޓްރިޝަނަލް ވެލިއު، އެންޑް އެކްސެޕްޓެބިލިޓީގެ ސާމްޕަލްތައް ތަހުލީލު ކުރުމަށް ދުނިޔެއަށް ގެންނަނީކަމަށެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ވެޖީ މިނިއޭޗާ ގްރީންހައުސްގައި އެސްޓްރޮނޯޓުން ޑްވާފް ޓޮމާޓޯ އިންދައިގެން 90، 97 އަދި 104 ދުވަހު ތިން ފަހަރަށް މަތިވަރު ކެނޑިއެވެ. އެމީހުން ޓޮމާޓޯ، ފެނުގެ ސާމްޕަލް އަދި ގްރޯތް ހާޑްވެއާގެ ސްވާބް ފްރީޒްކޮށް، މޭވާ އުފެއްދުމާއި، މައިކްރޯބިއަލް ސޭފްޓީއާއި، ނިއުޓްރިޝަނަލް ވެލިއުއަށް އަލި ކޮލިޓީއާއި ގަސްކާނާގެ އަސަރުތައް ބެލިއެވެ.

ތާޒާ ކާނާ ހޯދުމަށް ޖައްވުގައި ގަސް އިންދުމުގެ ގާބިލްކަމާއި ކްރޫ ދިރިއުޅުމުގެ ތަޖުރިބާ ރަނގަޅުވުމަކީ ކުރިއަށް އޮތް ދިގު މުއްދަތުގެ މިޝަންތަކަށް މުހިންމު ކަމެއްކަމަށް ނާސާއިންދެކެއެވެ.

ނާސާއިން އުންމީދު ކުރަނީ މި ހާޑްވެއާ ދުނިޔޭގައި ބޭނުން ކުރުމަށް އާދަކޮށް، ބަގީޗާތަކަށް ނުވަދެވޭ މީހުންނަށް ތާޒާ އުފެއްދުންތައް ފޯރުކޮށްދިނުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯޓިކަލްޗަރަލް ތެރަޕީގެ ގޮތުގަ ބޭނުންކުރެވޭނެކަމަށެވެ.

ޖައްވީ ސްޓޭޝަންގެ މައިކްރޯގްރެވިޓީ މާހައުލުގެ ފައިދާ ނަގަން ފަރުމާކޮށްފައިވާ ގާތްގަނޑަކަށް 4،300 ޕައުންޑްގެ ސާމާނާއި ސައިންޓިފިކް ތަޖުރިބާތައް ޑްރެގަން ެއަނބުރާ ދުނިޔެއަށް ގެނައެވެ.