1981 ވަނަ އަހަރުން ފެށިގެން، ދިވެހި ރުފިޔާއަކީ، އެމެރިކާ ޑޮލަރާއި ގުޅުވާލާފައިވާ ދެ ފައިސާއެވެ. އިނގިރޭސި ބަހުން ބުނާނަމަ، ދިވެހި ރުފިޔާގެ ހަމަ އަގު ކަނޑައެޅުމަށްޓަކައި ވަނީ ޔޫ.އެސް ޑޮލަރާއި ޕެގް ކުރެވިފައެވެ. ކަރަންސީ ޕެގިންގ އަކީ ގައުމެއްގެ އެކްސްޗޭންޖް ރޭޓް އެހެން ގައުމެއްގެ އެކްސްޗޭންޖް ރޭޓާ ނުވަތަ ފައިސާގެ ބާސްކެޓަކަށް ކަނޑައެޅިގެން ނުވަތަ "ޕެގް" ކޮށްގެން އުފައްދާފައިވާ މަނިޓަރީ ޕޮލިސީއެކެވެ. މާނައަކީ ރާއްޖޭގެ މަރުކަޒީ ބޭންކުން، ވަކި ރޭންޖެއްގެ ތެރޭގައި އެކްސްޗޭންޖް ރޭޓް ބެހެއްޓުމަށް، ބޭރު ފައިސާގެ ބާޒާރުގައި ފައިސާ ގަނެ ނުވަތަ ވިއްކައިގެން ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓެއް ދަމަހައްޓާނެ ކަމެވެ. މި ލިޔުމުގައި އެމްވީއާރު ޔޫއެސްޑީ އާއި ޕެގް ކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކާ ބެހޭގޮތުން ވާހަކަ ދައްކާލާނަމެވެ.

ދިވެހި ރުފިޔާ ޔޫއެސްޑީއާ "ޕެގް" ކުރުމުގެ ސަބަބުން، އެކަމުގެ އެންމެ ބޮޑު ފައިދާއެއް ވެގެން ދާނީ، ދިވެހިރާއްޖޭގެ އިގްތިސާދަށެވެ. އެއީ ކަރަންސީ "ޕެގް" ކުރުމުގެ ސަބަބުން، ދިވެހި ފައިސާގެ އަގުތަކަށް އަންނަ ބަދަލުތައް ނުވަތަ "ވޮލަޓިލިޓީ" ކުޑަވެގެންދާނެއެވެ. މިއާއި އެކު، ބޭރުގެ އިންވެސްޓަރުންނާއި ފަތުރުވެރިންގެ، އިންވެސްޓްމަންޓް ތަކަށް އިތުރަށް ޝައުގުވެރިކަން އިތުރުވެގެން ދިޔުމާއި އެކީ، އިގްތިސާދު ކުރިއަރައި ދިއުމަށް އެހީތެރިވެދެއެވެ. މިފަދަ އިންވެސްޓަރުންގެ އިތުބާރު ބޮޑު މަންޒިލަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރާއްޖެއަށް ފައިސާ ވަންނަ ވަރު ދެގުނަވެ، ވަޒީފާތައް އިތުރުވެ، އިގްތިސާދީ ދުވެލި ހަލުވި ވެގެންދެއެވެ. 

ޔޫއެސްޑީ އަކީ ނިސްބަތުން އެންމެ ގިނަ މީހުން ކުރަމުން އަންނަ ފައިސާއެވެ. ދިވެހި ރުފިޔާއާއި ޔޫއެސްޑީއާ ޕެގް ކުރުމަކީ، ބޭރުގެ ކުންފުނިތާކާއި ދެމެދު ވިޔަފާރި ހިންގާ ދިވެހި ވިޔަފާރިތަކަށް މުއާމަލާތުގެ ހަރަދު ކުޑަކުރެވޭނެ ކަމެކެވެ. މިއާއިއެކު، ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެ، ރާއްޖޭގެ އެކްސްޕޯޓް ދާއިރާ ކުރިއެރުމަށް ފަސޭހަވެގެންދާނެއެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެމެރިކާގެ ފެޑެރަލް ރިޒާވް އާއި އެއް މަނިޓަރީ ޕޮލިސީ ތަކެއް ބޭނުންކޮށް، އިންފްލޭޝަން ކޮންޓްރޯލްކޮށް، ސްޓޭބަލް އިގްތިސާދެއް ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ އެވެ. މިއީ މިނިވަން މަނިޓަރީ ޕޮލިސީތައް ގެންގުޅުމުގައި ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ނަމަވެސް، ދިވެހި ރުފިޔާ ޔޫއެސްޑީއާ "ޕެގް" ކުރުމުން ލިބޭ ފައިދާތަކާއި އެއްވަރަށް ގެއްލުންވެސް ހިމެނެއެވެ. ދިވެހި ރުފިޔާއާއި ޔޫއެސްޑީއާ ޕެގް ކުރުމުގެ ސަބަބުން، ދިވެހިރާއްޖެ އަށް އެމީހުންގެ މަނިޓަރީ ޕޮލިސީތައް ކޮންޓްރޯލް ކުރުމުގެ ބާރު ގެއްލިގެންދެއެވެ. މާނައަކީ، އެމެރިކާގެ އިޤްތިޞާދު ރަނގަޅަށް ކުރިއަށް ނުދާނަމަ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވެސް އެކަމުގެ ސަބަބުން ގެންލުންތައް ލިބޭނެއެވެ. މިސާލެއްގެ ގޮތުން، އެމެރިކާގެ ފެޑެރަލް ރިޒާވުން އިތުރު ފައިސާ ޗާޕް ކުރަން ނިންމި ނަމަ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރުކޮށް، އިންފްލޭޝަން އަށް މަގުފަހިވެގެން ދެއެވެ. އެއާއި އެކު، ޑޮލަރުގެ ސަޕްލައި އިތުރުވެ، ދިވެހިރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވެގެންދެއެވެ.

އެހެންކަމުން، ދިވެހި ރުފިޔާ ޔޫއެސްޑީއާ "ޕެގް" ކުރުމުން ދިވެހި އިޤްތިޞާދަށް ހަމަޖެހުން ލިބި، ބޭރުގެ އިންވެސްޓްމަންޓާއި ފަތުރުވެރިން ޝައުގުވެރިކަން އިތުރުކުރުވި ނަމަވެސް، ބޭރުގެ ލޮޅުންތަކަށް ދިވެހިރާއްޖެ ހުށަހެޅި، މަނިޓަރީ ޕޮލިސީ ތަކުގެ މައްޗަށް އޮންނަ ކޮންޓްރޯލް ހަނިވެގެންދާ ކަމީ، އަޅުގަނޑުމެންނަށް އޭގެ ސަބަބުން އިންތިހާ ގެންލުން ލިބިދާނެފަދަ ކަންކަމެވެ.