ނޭޗާ ނިއުރޯސައިންސް ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކުރި ޕީއާރް ރިވިއު ދިރާސާއަކުން ދައްކާ ގޮތުގައި ސައިންސްވެރިން ވަނީ މީހެއްގެ ސިކުނޑީގެ ހަރަކާތްތައް ލިޔުމަކަށް ތަރުޖަމާ ކުރުމަށް އަމާޒުކޮށްގެން ނޮންއިންވޭސިވް އޭއައި ސިސްޓަމެއް އުފައްދާފަ އެވެ.

ސެމެންޓިކް ޑީކޯޑަރެއް ކިޔާ މި ނިޒާމަކީ ސްޓްރޯކް, ޕެރަލައިސިސް ނުވަތަ އެހެނިހެން ޑިޖެނެރޭޓިވް ބަލިތައް ޖެހިގެން ޖިސްމާނީ ގޮތުން މުއާމަލާތް ކުރުމުގެ ގާބިލްކަން ގެއްލިފައިވާ ބަލިމީހުންނަށް ފައިދާ ކުރާނެ ނިޒާމެކެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސް އެޓް އޮސްޓިންގެ ދިރާސާވެރިން މި ނިޒާމު ބައެއް ގޮތްގޮތުން ތަރައްގީކޮށްފައިވަނީ ގޫގުލްގެ ޗެޓްބޮޓް ބާޑް އަދި އޯޕަންއޭއައިގެ ޗެޓްބޮޓް ޗެޓްޖީޕީޓީ އަށް ސަޕޯޓްކުރާ ޓްރާންސްފޯމަރ މޮޑެލްތަކާ އެއްގޮތް މޮޑެލްއެއް ބޭނުންކޮށްގެންނެވެ.

މި ދިރާސާގެ ބައިވެރިން ޑީކޯޑަރ ތަމްރީނުކޮށްފައިވަނީ ސިކުނޑީގެ ހަރަކާތްތައް ވަޒަންކުރާ ބޮޑު މެޝިނަރީއެއް ކަމަށްވާ އެފްއެމްއާރުއައި ސްކޭނަރެއްގެ ތެރޭގައި އެތައް ގަޑިއިރެއްގެ ޕޮޑްކާސްޓް އަޑުއަހައިގެންނެވެ. މި ނިޒާމުގައި ސާޖިކަލް އިމްޕްލާންޓްތަކެއް ކުރަން ނުޖެހެ އެވެ.

އޭއައި ސިސްޓަމް ތަމްރީނު ކުރުމުން، ބަލިމީހާ ވާހަކައެއް އަޑުއަހަމުންދާއިރު ނުވަތަ ކިޔައިދޭތަން ތަޞައްވުރު ލިއުންތަކެއް އުފެދެމުންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ލިޔުމަކީ ސީދާ ޓްރާންސްކްރިޕްޓެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ދިރާސާވެރިން އެ ލިޔުމަކީ އާންމު ފިކުރުތަކެއް ނުވަތަ ޚިޔާލުތައް އަތުލައިގަތުމުގެ ނިޔަތުގައި ފަރުމާކޮށްފައިވާ ލިޔުމެކެވެ.

މި ޑީކޯޑަރަކީ އެފްއެމްއާރުއައި ސްކޭނަރަށް ބަރޯސާވާ އެއްޗަކަށްވާތީ ލެބޯޓްރީ ސެޓިންގް އިން ބޭރުގައި މިސިސްޓަމް ބޭނުމެއްނުކުރެވޭނެއެވެ. އެކަމަކު ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ފަހުން މިއަށްވުރެ ޕޯޓަބަލް ބްރެއިން-އިމޭޖިން ސިސްޓަމްތަކެއް ބޭނުންކުރެވިދާނެ އެވެ.

މި ދިރާސާގެ ލީޑިން ރިސާޗަރުން ވަނީ މިހާރު މިޓެކްނޮލޮޖީގެ ޕީސީޓީ ޕޭޓެންޓް އެޕްލިކޭޝަނެއް ހުށަހަޅާފައެވެ.