ބޮލީވުޑް ކިންގ ޝާހްރުކް ޚާންގެ "ޕަޓާން"ގައި ދައްކާލި ސަލްމާން ޚާންގެ ޚާއްޞަ ފެނިލުމުން މުޅި އޯޑިއަންސް ގުގުމާލިއެވެ. އަދި މުޅި ފިލްމުގެ ވެސް އެންމެ ކަމުދިޔަ އެއް މަންޒަރަކަށް އެ މަންޒަރު ވެގެން ދިޔައެވެ. ހަމަ އެފަދައިން އަނެއްކާވެސް މި 2 ތަރިން އެކުގައި ސްކްރީނަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ޓައިގަރ 3"ގައި ވާ ޝާހްރުކް ޚާންގެ ޚާއްޞަ ފެނިލުމުގެ މަންޒަރު ޝޫޓް ކުރުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މިހިނގާ މެއި މަހުގެ 08 ވަނަ ދުވަހުން ފެށިގެން މި މަންޒަރުގެ ޝޫޓިންގތައް ކުރިއަށް ދާނެއެވެ. އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމް ޔާޝް.ރާޖް.ފިލްމްސް (ވައި.އާރް.އެފް)އިން ބުނާ ގޮތުގައި މި މަސައްކަތް ޙަފްތާއަކަށް ދެމިގެންދާނެއެވެ. 

Salman khan shares the first look of Tiger 3, know when the film will be  released | NewsTrack English 1

ފިލްމުގެ އެންމެ ޚާއްޞަ އެއް މަންޒަރުގެ ޝޫޓިންގތައް ފެށިގެން ދާއިރު މިއީ ވަރަށް ބޮޑަށް ތައްޔާރު ވާންޖެހޭ ކަމެއް ކަމަށާއި އެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ބުނެފައިވެއެވެ. އަދި މި މަންޒަރު މިހާ މުހިއްމު ވަނީ ކީއްވެތޯ ސުވާލު ކުރުމުން އަދިތިޔާ ބުނެފައިވަނީ "ޕަޓާން"ގައި މި 2 ތަރިން ފެނުނު މަންޒަރަށް ލިބުނު ތަރުޙީބު ބޮޑު ކަމުން ކަމަށެވެ. އަދި "ޕަޓާން"ގައި ގެނެސްދެވުނު މަންޒަރަށްވުރެ އިތުރަށް ފުރިހަމަ ކުރަން ބޭނުންވާތީ ކަމަށް ވެސް ބުނެފައިވެއެވެ. 
"ޓައިގަރ 3"އާއެކު (ވައި.އާރް.އެފް)ގެ ސްޕައި ޔުނިވަރސްގައި ދެން ކުރިއަށް ހުރި ބައެއް ފިލްމުތައް ވެސް މިހާރު ވަނީ ޢާއްމުކޮށްފައެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަންގެ "ވޯރ 2"އާއި ސަލްމާނާއި ޝާހްރުކްގެ "ޕަޓާން ވާސަސް ޓައިގަރ" ހިމެނެއެވެ.