އެމެރިކާގައި ކުރިޔަށްދާ ރިޔާސީ އިންތިހާބާއި ގުޅިގެން އެމެރިކާ ގެ އެކި އަވަށް ތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުން އެބަދެއެވެ.
އެގޮތުން އިއްޔެވެސް ޕެންސިލްވޭނިޔާ ގެ އަވަށެއްކަމުގައިވާ ފިލަޑެލްފިއާގެ ވޯޓްގުނާ މަރުކަޒަކަށް އަމާޒުކޮށް ހަމަލާ ދޭން އުޅުނު ބަޔަކު ހަތިޔާރާއިއެކު ހައްޔަރުކޮށްފައި އެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ވާޖީނިޔާއިން ފިލިޑެލްފިއާއަށް ދަތުރު ކުރި މަގުމަތީގައިއެވެ.
ފިލަޑެލްފިއާއަކީ ވޯޓު ގުނުމުގެ މައްސަލަ އެންމެ ބޮޑު ވެގެން ދިޔަ އެއްވޯޓިން ސެންޓަރެވެ. މީގެ އިތުރުން އިއްޔެ އެމެރިކާ ގެ ރައިސް ޓްރަމްޕް ގެ ސަޕޯޓަރުން ވަނީ މި މަރުކަޒު ކުރިމައްޗަށް ހަތިޔާރާއިއެކު ޖަމާވެފައި އެވެ. މިކަމުގެ ސަބަބުން މިމަރުކަޒުގައި ވޯޓް ގުނަމުން ދިޔައީ އާންމުން ނުވައްދާ ބަންދުކޮށްގެން ނަމަވެސް ރޭގައި ކޯޓުން ނެރުނު އަމުރުގެ ސަބަބުން އެތަނަށް މީހުން ވައްދައިގެން ވޯޓް ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.
މީގެ އިތުރުން އެމެރިކާ ގެ އެކި ސްޓޭޓްސް ތަކުގައި ވަނީ ހަތިޔާރާއި އެކު ސަޕޯޓަރުން ޖަމާވެ ހަމަނުޖެހުން ހިންގަން ފަށާފައިއެވެ. އޭގެތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށް ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެސްފައިއެވެ.
