ފެޓީ ލިވަރ އަކީ ފުރަމޭގައި މާގިނައިން ސަރުބީ ޖެހުމުން ދިމާވާ ހާލަތެކެވެ. ފެޓީ ލިވަރ އުފެދުމުން ފަރުވާ ނުދީފިނަމަ އާޚިރުގައި ފުރަމޭ ފެއިލްވުން މެދުވެރިވެއެވެ. ސަރުބީ ޖަހާފައިވާ ފުރަމޭއަކަށް ފަރުވާ ދޭން ފަށާނީ ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކޮށްގެނެވެ. އެހެންކަމުންވަކި ބާވަތްތަކެއްގެ ކާނާތައް ބޭނުންކޮށް ބައެއް ކާނާތަކުން ދުރުހެލިވާންޖެހެއެވެ.
ނޮން އަލްކޮހޯލިކް ފެޓީ ލިވަރ ޑިޒީޒް (އެންއޭއެފްއެލްޑީ) އަކީ ދުނިޔޭގައި ލިވަރ ޑިޒީޒް ޖެހުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބެވެ. ފުރަމޭގައި އިތުރު ސަރުބީ ރައްކާވެ، ފަރުވާ ނުދީފިނަމަ ސިރޯސިސް އާއި ފުރަމޭ ފެއިލްވުން ފަދަ ހާލަތްތައް މެދުވެރިވެއެވެ. އެންއޭއެފްއެލްޑީ ގިނައިން ފެންނަނީ ފަލަވުމާއި ޓައިޕް 2 ހަކުރުބަލި ފަދަ ބަލިތަކުގައި އުޅޭ މީހުންގެ ތެރޭގައެވެ.
ދުޅަހެޔޮ ހަށިގަނޑެއްގައި ފުރަމޭއިން ވިހަ މާއްދާތައް ނައްތާލައި ބައިލް އުފައްދައެވެ. ބައިލް އަކީ ސަރުބީ ފެޓީ އެސިޑަށް ބަދަލުކޮށް ހަޖަމު ކުރަން އެހީތެރިވެދޭ ޕްރޮޓީންއެކެވެ. ފެޓީ ލިވަރ ޑިޒީޒްގެ ސަބަބުން ފުރަމޭއަށް ގެއްލުންދީ މަސައްކަތް ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވޭ ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ މި ބަލި ގޯސްވުން ހުއްޓުވޭނެ ކަމެކެވެ.
އެންއޭއެފްއެލްޑީއަށް ފުރަތަމަ ފަރުވާއަކީ ބަރުދަން ލުއިކުރުމާއި، ކެލޮރީ މަދުކުރުމާއި، ކަސްރަތުކުރުމާއި، ދުޅަހެޔޮ ކާނާ ކެއުމެވެ.
އާންމު ގޮތެއްގައި ފެޓީ ލިވަރ ޑިޒީޒްގެ ޑައިޓްގައި ހިމެނެނީ؛
މޭވާއާއި ތަރުކާރީ
މުގާއި ހޯލް ގޮވާމުގެ ބާވަތްތައްފަދަ ފައިބަރު ގިނަ ތަކެތި
ހަކުރު، ލޮނު، ރިފައިންޑް ކާބޯހައިޑްރޭޓްސް، އަދި ސެޗުރޭޓެޑް ފެޓް ގިނައިން ހިމެނޭ ވަކި ކާނާއާއި ބުއިންތައް ކެއުން ވަރަށް ބޮޑަށް މަދުކުރުން
ބަނގުރާ ބޭނުން ނުކުރުން
އެންއޭއެފްއެލްޑީއަށް ފަރުވާ ދިނުމަށް ބަރުދަން ލުއިކުރަންޖެހޭ މިންވަރު ބިނާވެގެންދާނީ ހަށިގަނޑުގައި ހުންނަ އިތުރު ސަރުބީގެ މިންވަރަށެވެ. ޖުމްލަ ސިއްހަތަށް ބަލައިގެން ބަރުދަން ލުއިކުރުމުގެ އެކަށީގެންވާ ލަނޑުދަނޑިއެއް ނިންމުމަށް ސިއްހީފަރުވާ އަދި ކަސްރަތުކުރުމަސް އެހީވެދޭ ބައެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ފައިބަރ، ޕްރޮޓީން، އަދި އަންސެޗުރޭޓެޑް ފެޓްސް އިން މުއްސަނދި ނިއުޓްރިއެންޓް ގިނަ ކާބޯތަކެތި ބޭނުންކުރުން އެދެވިގެންވެއެވެ.
ދުޅަހެޔޮ ފުރަމޭ އަކަށް ކެއުމުގައި ހިމަނަން ޖެހޭ ބައެއް ތަކެއްޗަކީ
1.ކޮފީ : ފުރަމޭގެ އާދަޔާ ހިލާފު އެންޒައިމްތައް ދަށްކުރުމަށް އެހީތެރިވެދޭ

ދުވާލަކު ކޮފީ ތައްޓެއް ބުއިމަކީ ފުރަމޭ އެންއޭއެފްއެލްޑީ އިން ރައްކާތެރި ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
2021 ވަނަ އަހަރު ޓްރަސްޓެޑް ސޯސް އިން ކުރި ރިވިއުއަކުން ދައްކާ ގޮތުގައި ގަވާއިދުން ކޮފީ ބުއިމަކީ އެންއޭއެފްއެލްޑީ ޖެހުމުގެ ނުރައްކާ ކުޑަވުމާއި، މިހާރު ވެސް އެންއޭއެފްއެލްޑީ ޖެހިފައިވާ މީހުންނަށް ލިވަރ ފައިބްރޯސިސް ކުރިއަރައި ދިއުމުގެ ނުރައްކާ ކުޑަކޮށްދޭކަމެކެވެ.
އަދި ކެފެއިން އިން ފުރަމޭގެ ބަލިތަކުގެ ނުރައްކާ އޮތް މީހުންގެ ތެރޭގައި އާދަޔާ ހިލާފު ފުރަމޭގެ އެންޒައިމްތަކުގެ އަދަދު ދަށްކޮށްދޭ ކަމަށް ފެނެއެވެ.
2. ފެހިފަތް - ސަރުބީ ޖަމާވުން ހުއްޓުވުމަށްޓަކައި

ސްޕިނެޗް ، މުރަނގަފަތް އަދި އެހެނިހެން ފަތް ހުންނަ ފެހި ގަސްތަކުގައި ހިމެނޭ ކޮމްޕައުންޑްތަކަކީ ފެޓީ ލިވަރ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ސްޕިނެޗް ކެއުމުން ވަކިން ހާއްސަކޮށް އެންއޭއެފްއެލްޑީ ޖެހުމުގެ ނުރައްކާ ކުޑަވެއެވެ. އެއީ ފެހިފަތުގައި ފެންނަ ނައިޓްރޭޓާއި އާއި ޕޮލިފެނޯލްސް ގެ ސަބަބުން ކަމަށް ބެލެވެއެވެ.
3. މަސް :ދުޅަވުމާއި ސަރުބީގެ މިންވަރު މަދުކުރުމަށް

ސެލްމޮން،މުށިމަސް، ކަނޑުމަސް، އަދި ފިލޮޅު ފަދަ ފެޓީ މަސްތަކުގައި އޮމެގާ-3 ފެޓީ އެސިޑް ގިނައިން ހުރެއެވެ. އޮމެގާ-3ސް ސަޕްލިމެންޓް ކުރުމަކީ ފުރަމޭގެ ސަރުބީ މަދުކޮށްދީ، ރައްކާތެރި އެޗްޑީއެލް ކޮލެސްޓްރޯލް އިތުރުކޮށްދީ، ޓްރައިގްލިސެރައިޑްގެ މިންވަރު ދަށްކޮށްދީ، އެންއޭއެފްއެލްޑީ ޖެހިފައިވާ މީހުންނަށް ފައިދާ ކުރާނެ ކަމެކެވެ.
4. ރީނދޫ- ފުރަމޭއަށް ގެއްލުން ލިބޭ މާއްދާތައް މަދުކުރުމަށް

ކަރކިއުމިން ރީނދޫގައި ހިމެނޭ އެކްޓިވް އިންގްރިޑިއެންޓްގެ މަތީ ޑޯޒްތަކުން އެންއޭއެފްއެލްޑީ ޖެހިފައިވާ މީހުންގެ ފުރަމޭއަށް ގެއްލުން ލިބޭ މިންވަރު މަދުވެއެވެ.
ރީނދޫ ސަޕްލިމެންޓް ދިނުމަށް ބާރުއަޅާ ދިރާސާތަކުން ދައްކާ ގޮތުގައި ރީދޫ ބޭނުންކުރުމުން ފުރަމެއްއަށް ގެއްލުންދޭ އެލަނިން އެމިނޯޓްރާންސްފެރޭޒް (ALT) އަދި އެސްޕާޓޭޓް އެމިނޯޓްރާންސްފެރޭޒް (AST) ފަދަ އެންޒައިމް ލެވަލް ދަށްކޮށްދެއެވެ.
