ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 4 މެއި 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އަދި މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 51،212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި،  4،120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 371 މީޓަރު ދިގުމިނުގައި ކަނޑުތޮށިލުމުގެ އިތުރުން، 205 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި؛ 210 މީޓަރުގެ އެއްގަމުތޮށި ތަރައްޤީކުރުމާއި؛ 955 އަކަ މީޓަރުގެ ބަނދަރު ޕޭވްމަންޓް ހަރުކުރުމާއި، ރެމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.