އެކްޓަރު ވަރުން ދަވަންއާއި ކްރިތީ ސެނަންގެ "ބޭޅިޔާ" އޯޓީޓީ ޕްލެޓްފޯމަށް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ. 

ގާތްގަނޑަކަށް މީގެ 06 މަސް ކުރިން ސިނަމާތަކުގައި ރިލީޒްކުރި "ބޭޅިޔާ"، އޯޓީޓީ ރިލީޒް ނުކޮށް މިހާ ލަސް ވުމުން ބެލުންތެރިން ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ. އެހެންނަމަވެސް އެންމެ ފަހުން ލިބުނު މަޢުލޫމާތަށް ބަލާއިރު މި ފިލްމު މި ހިނގާ މެއި މަހުގެ 26ގައި އޯޓީޓީއަށް ރިލީޒް ކުރާނެއެވެ. ޢާއްމުކޮށް ފިލްމުތައް ތިއޭޓަރުތަކުގައި އަޅުވާތާ 02 މަސް ފަހުން އޯޓީޓީއަށް ރިލީޒްކުރެއެވެ. 

މިއީ މިގޮތަށް ދިމާވި ހަމައެކަނި ފިލްމެއް ނޫނެވެ. ރިތިކް ރޯޝަންގެ "ވިކްރަމް ވޭދާ" ވެސް ތިއޭޓަރުތަކުގައި އެޅުވިތާ މިހާރު 6 މަސް ވެދާނެއެވެ. ނަމަވެސް އަދި އެއްވެސް އޯޓީޓީ ޕްލެޓްފޯމަކަށް ފިލްމު ރިލީޒްކޮށްފައެއް ނުވެއެވެ. 

"ބޭޅިޔާ"ގެ ޑިޖިޓަލް ޕްރިމިއަރ އެންމެ ފުރަތަމަ ތާވަލުކުރީ އެޕްރީލް 21އަށެވެ. ނަމަވެސް އެ ތާރީޚުގައި ފިލްމު ޕްރިމިއަރ ނުކުރެއެވެ. އަދި އެ ތާރީޚުގައި ފިލްމު ޕްރިމިއަރ ނުކުރި ސަބަބެއް ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
ކޮންމެއަކަސް ބޮކްސް އޮފީހުގެ ކާމިޔާބަށްފަހު މީގެ 2ވަނަ ފިލްމު ވެސް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އަދި ފިލްމުގެ 2ވަނަ ބައި ރިލީޒްކުރާނީ 2025ގައި ކަމަށް ވެސް ވަނީ އިޢުލާކޮށްފައެވެ.