އުމުރުން 40 އަހަރުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ސިރިއަސްއެކްސްއެމްގެ އެންޑީ ކޯހެން ލައިވްގައި ދިން އިންޓަރވިއުއެއްގައި ބުނީ ކެރިއަރު އަޑިގަނޑަކަށް ދިއުމުގެ ކުރިން ޕޮޕް ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރު ކެރިއަރެއް އޮތް ކަމަށް ގަބޫލުކުރަން ލަދުގަންނަ ކަމަށެވެ. އެއާއެކު ފިރިމީހާއަކީ ޕޮޕް ސުޕަސްޓާރެއް ކަމުގައި ވުމުން، އެދެމީހުން އެކުގައި ސްޓޫޑިއޯއަށް ދިއުމަކީ ކުރާކަމެއްކަމަށާއި، ބައެއްފަހަރު ދަންވަރުވެސް ސްޓޫޑިއޯގެ ރިކޯޑިންގ އޮންނައިރު ނިކްއާއި އެކު ލަވަ ރެކޯރޑްކޮށްފައި ހުންނާނެ ކަމަށެވެ.

"އަހަރެމެން ބައެއް ފަހަރު ރޭގަނޑު ދަންވަރު ސްޓޫޑިއޯއަށް ވަދެ ޖޭމް ކުރަން،" ސިޓަޑެލްގެ ތަރި ކުރިއަށް ގެންދިޔަ އެވެ. "އަހަރެމެން ހަމަ ރެންޑަމްކޮށް ލަވަތައް ހަދާފައި، ރިކޯރޑް ކޯށްފައި ނިކްގެ ފޯނުގަ އެބަހުރި، އެކަމަކު އަހަރެންނަށް ކޮންފިޑެންޓް ނޯވޭ އޭނާއާ އެކު ލަވަކިޔަން." ޕްރިޔަންކާ ބުންޔެވެ.

މީގެއިތުރުން މިލަވަތައް އަޑުއަހާލަން ބޭނުންނަމަ އެވާހަކަ ދައްކަން ޖެހޭނީ ޖޯނަސް ބްރަދަރސްގެ ލަވަކިޔުންތެރިޔާ ނިކް ގާތު ކަމުގައި ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ ވަނީ ވެރައިޓީއަށް ދިން އިންޓަވިއުއެއްގައި ދުވަހަކުވެސް ފިރިމީހާއާއެކު ލަވަކިޔަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެކުގައި ލަވަ ރެކޯޑް ކުރުމާ ބެހޭ ގޮތުން ނުވަތަ އެކުގައި އެކްޓް ކުރުމާ ބެހޭ ގޮތުން ސުވާލު ކުރުމުން "އަހަރެން ނިކްއާ އެކު މަސައްކަތް ކުރަން ވަރަށް ލޯބިކުރަން، އަހަރުތައް ކުރިއަށްދާ ވަރަކަށް ކަންތައްތައް ވާގޮތް ފެންނާނެ. އެކަމަކު އަހަރެން ދުވަހަކުވެސް އޭނާއާ އެކު ލަވައެއް ނުކިޔާނަން" ޕްރިޔަންކާ ވަނީ ބުނެފައެވެ.