އަކްޝޭ ކުމާރާއި ޓައިގަރ ޝްރޮފްގެ ފޭނުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އާނއެކެވެ. އެއީ މި 02 ތަރިންގެ ކުރިއަށް އޮތް ފިލްމު "ބަޑޭ މިޔާނ ޗޯޓޭ މިޔާނ"ގެ އެންމެ ފަހުގެ އަދާހަމައެވެ.
އެގޮތުން އަކްޝޭއާއި ޓައިގަރ ޝްރޮފް މިހާރު މިވަނީ ފިލްމު ސިނަމާތަކުގައި އަޅުވާނެ ތާރީޚް އިޢުލާންކޮށްފައެވެ. 02 ތަރިންގެ ތަފާތު ޕޯސްޓަރުތަކެއް ޙިއްޞާކުރަމުން ބުނެފައިވަނީ ފިލްމު އަންނަ އަހަރު އެޕްރީލުގައި ޢީދާ ދިމާކޮށް ރިލީޒްކުރާނެ ކަމަށެވެ.
މިއީ ޢަލީ ޢައްބާސް ޒަފަރް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ކްރޫޝަލް ރޯލުތަކުން ޕްރިތުވިރާޖާއި ސުކުމާރު ފެނިގެންދާނެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިއީ ހަމަ މި ނަމުގައި 1998ވަނަ އަހަރު ޑޭވިޑް ދަވަން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުގެ ރިމޭކެކެވެ. އެ ފިލްމަކީ އަމީތާބާއި ގޯވިންދާގެ ހިޓް ފިލްމެކެވެ.
ފިލްމުގެ ޝޫޓިންގތައް މިހާރު ނިންމާލެވިފައިވާއިރު ތަފާތު އެކި ސަރަޙައްދުތަކުގައި ޝޫޓިންގތައް ކުރިއަށް ދިޔައެވެ. އޭގެ ތެރޭގައި ލަންޑަނާއި ސްކޮޓްލޭންޑް އަދި އިންޑިއާގެ އިތުރުން ޔޫ.އޭ.އީ ހިމެނެއެވެ. މިފިލްމަކީ އަކްޝޭ ދާދި ފަހުން ރިލީޒްކުރި ފިލްމު "ބެލްބޮޓަމް" ވެސް ޕްރޮޑިއުސްކުރި ޕްރޮޑިއުސަރުންގެ ފިލްމެކެވެ. އެހެނީ "ބަޑޭ މިޔާނ ޗޯޓޭ މިޔާނ"ގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޖެކީ ބަގްނާނީއާއި ދީޕްޝިކާ ދޭޝްމޫކް ހިމެނެއެވެ.
އެންމެ ފަހުން އަކްޝޭ ވެސް ޓައިގަރ ވެސް ނެރުނު ފިލްމު ވަނީ ވަރަށް ބޮޑުތަނުން ނާކާމިޔާބުވެފައެވެ. އެހެންކަމުން މިއީ މި 2 ތަރިންގެ ރަނގަޅު ފިލްމަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
