ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން ލީޑްކޮށްގެން ޕުޝްކާރް-ގަޔަތުރީ ޑައިރެކްޓްކޮށްފައިވާ އަދި ރާދިކާ އަޕްޓޭ އާއި ރޯހިތު ސަރަފް ލީޑް ރޯލުން ފެނިގެންދިޔަ ވިކްރަމް ވެދާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒް ކޮށްފައެވެ.

މި ފިލްމަށް ފާޑުކިޔުންތެރިންގެ ތައުރީފު ލިބުނު ނަމަވެސް ސިނަމާތަކުގައި އެދެވޭ ތަރުހީބެއް ލިބިފައިއެއްނުވެއެވެ. 7 މަސް ދުވަހަށް ފަހު އެންމެ ފަހުން ފިލްމު ތައްޔާރުވަމުން އަންނަނީ ޖިއޯ ސިނަމާގައި ވޯލްޑް ޑިޖިޓަލް ޕްރިމިއާ ކުރުމަށެވެ. 

ހިންދީ ފިލްމުތައް އާންމު ގޮތެއްގައި 56 ދުވަސް ތެރޭގައި ޑިޖިޓަލް ކޮށް ޕްރެމިއަރާ ކުރެއެވެ. ނަމަވެސް ވިކްރަމް ވެދާގެ އުފެއްދުންތެރިން މި ފިލްމު ރިލީޒް ކުރާއިރު ސިނަމާތަކުން ނުފެންނަ ބެލުންތެރިންވަނީ ދިގު އިންތިޒާރަކަށް ކުރަން ޖެހިފައިއެވެ.

ވިކްރަމް ވެދާގެ ޑިޖިޓަލް ޕްރިމިއާ މިހާރު ޖިއޯ ސިނަމާއިން 2023 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ނިންމާފައިވާއިރު، އޭގެ 400 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނަށް މި ފިލްމު ހިލޭ ބަލާލެވޭނެ އެވެ. އެއީ ދުނިޔޭގެ އެއްވެސް ފިލްމަކަށް އެންމެ ބޮޑު ޑިޖިޓަލް ލޯންޗްއަށް ވެގެން ދާ ސަބަބަކީ ޖިއޯ ސިނަމާ ފަދައިން ގިނަ ބެލުންތެރިންތަކެއް ހުރި ކަމަށް އެއްވެސް ސްޓްރީމިން ސާވިސްއަކުން ބުނެފައި ނުވާތީއެވެ.

ޖިއޯ ސިނަމާއަކީ އައިޕީއެލްގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރަކަށް ވެގެން ދިޔަ ފަހުން ސްޓްރީމިން ކުރަމުން އަންނަ އައިޕީއެލް މެޗުތަކުގެ ސަބަބުން ޕްލެޓްފޯމަށްއެތަށް ބެލުންތެރިންތަކެއް އައިސްފައިވާއިރު  މި ފިލްމު ޖިއޯ ސިނަމާގައި  ރިލީޒް ކުރުމަކީ މި ފިލްމުގެ އުފެއްދުންތެރިން ނިންމި ރަނގަޅު ނިންމުމެއް ކަމުގައި ބެލެވެއެވެ. 

މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ގޭންގްސްޓާ އެއްގެ ކެރެކްޓާރ އިން ރިތިކް ރޯޝަން ވިކްރަމް ވެދާ އިން ފެނިގެންދެ އެވެ. ފިލްމުގައި ވެދާގެ ރޯލު އަދާކޮށްފައިވާ ގޮތުން އޭނާއަށް ވަރަށް ބޮޑު ތައުރީފެއް ލިބުނެވެ. ރިތިކްގެ ފިލްމުގެ ވޯލްޑް ޑިޖިޓަލް ޕްރިމިއާ އަށް ލިބުނު ފޯރިއާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ "7 މަސް ދުވަހުގެ ދިގު އިންތިޒާރެއް ނަމަވެސް 2023 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވިކްރަމް ވެދާ ޖިއޯސިނަމާގައި ސްޓްރީމް ކުރާނެތީ ވަރަށް އުފާވެއްޖެ" ކަމަށެވެ.