ޓްވިޓާ އިން ބުރާސްފަތި ދުވަހު ވަނީ އެ ޕްލެޓްފޯމްގައި މެސެޖުތައް ރައްކާތެރި ކުރުމަށް އަމާޒުކޮށްގެން އުފައްދާފައިވާ އެންކްރިޕްޓެޑް ޑީއެމްސް ފީޗާ ތައާރަފްކޮށްފައިވާކަން ހާމަކޮށްފައެވެ.
މިއީ ޚިދުމަތުގައި އެންޑް-ޓު-އެންޑް އެންކްރިޕްޓް މެސެޖުތަކަށް ސަޕޯޓް ދިނުމުގެ އަމާޒުގައި ޓްވިޓާގެ ފުރަތަމަ ފިޔަވަޅު ނަމަވެސް، މިހާރު ތަންފީޒު ކުރަމުންދާ ގޮތަށް ގިނަ މިންގަނޑުތަކެއް ހުރި ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެންކްރިޕްޓް ޗެޓް ބޭނުން ކުރެވޭނީ ހަމައެކަނި ވެރިފައިޑް ޔޫޒަރުންނަށް ކަމަށާއި، ޓްވިޓާ އިން މިވަގުތު އެޕްގައި އެންކްރިޕްޓް ގްރޫޕް މެސެޖުތައް ނުކުރެވޭ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި އެންކްރިޕްޓްކޮށް ވާހަކަ ދައްކާ ޑިވައިސްތަކުގެ އަދަދަށް ވެސް ލިމިޓެއް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ ޑައިރެކްޓް މެސެޖް ނުވަތަ ޑީއެމް އަށް އާ އެންކްރިޕްޝަން ފީޗާ އަކީ އައިއޯއެސް، އެންޑްރޮއިޑް އަދި ވެބް އަށް ޓްވިޓާގެ އެންމެ ފަހުގެ ވަރޝަންތަކުގައި ސަޕޯޓް ކުރާ ފީޗާއެއް ކަމަށެވެ. ނަމަވެސް ޓްވިޓާ ބްލޫ ސަބްސްކްރައިބަރެއްގެ ގޮތުގައި ނުވަތަ ޓްވިޓާގައި ވެރިފައިޑް އޯގަނައިޒޭޝަނެއްގެ މެމްބަރެއްގެ ގޮތުގައި ދެ ޔޫޒަރުން ވެސް ވެރިފައި ކުރަން ޖެހޭނެ އެވެ. މި ދެ ކްރައިޓީރިއާ ފުރިހަމަ ވިޔަސް، މެސެޖު ފޮނުވާ މީހާއަށް ފޮލޯކުރަން ޖެހޭނެކަމަށް ނުވަތަ މީގެ ކުރިން މެސެޖެއް ފޮނުވާފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި މެސެޖް ފޮނުވާ ފަރާތުގެ ޑީއެމް ރިކުއެސްޓް ވެސް ބަލައިގަނެވޭނެ އެވެ.
މަތީގައިވާ ޝަރުތުތައް ފުރިހަމަ ވާނަމަ، އަލަށް ތައާރަފްކުރި މެސެޖް ފްލޯޓިންގ އެކްޝަން ބަޓަންއަށް ފިތާލުމަށްފަހު، ފޮނުވާ މީހާއަށް ލޮކް އައިކޮން އެއް އެކުލެވޭ ޓޮގްލްއެއް ފެންނާނެއެވެ. މިކަމުގެ ސަބަބުން ޝަރުތު ހަމަވާ ފަރާތްތަކާއެކު ޗެޓް ހުޅުވޭނެ ކަމަށާއި އެންކްރިޕްޓް ކޮށްފައިވާ ޗެޓްތައް ދައްކާނީ ލިބޭ ފަރާތުގެ ޕްރޮފައިލް ޕިކްޗާގައި ލޮކް އައިކޮނަކުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ސިގްނަލް އަދި ވަޓްސްއެޕް ފަދަ މެސެޖިން ސާވިސްތަކާ ހިލާފަށް މިވަގުތު ޓްވިޓާގެ އެންކްރިޕްޓް ޑީއެމްސް ފީޗާއަށް ގިނަ މިންގަނޑުތަކެއް އެބަހުއްޓެވެ. ޓްވިޓާއިން މެސެޖުތައް އެންކްރިޕްޓް ކުރުމަށް ބޭނުންކޮށްފައިވަނީ ކޮން ކްރިޕްޓޯގްރަފިކް ސްކީމެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މިހާރު ގްރޫޕްތަކަށް ސަޕޯޓް ނުކުރާތީ މެސެޖު ފޮނުވޭނީ އެންމެ ރިސީވަރަކަށް ކަމަށް ވެސް ހާމަކުރި އެވެ. ހަމައެކަނި ލިއުންކޮޅާއި ލިންކްތައް އެންކްރިޕްޓް ކުރެވޭއިރު، އޭގެ މާނައަކީ މީޑިއާ، ރިއެކްޝަންސް، އަދި ހުރިހާ ޗެޓް މެޓަޑޭޓާއެއް އެންކްރިޕްޓް ނުކުރެވޭނެކަމެވެ.
