ރާއްޖޭގެ މާކެޓްގައި ތަފާތު އެކިވައްތަރުގެ ކޮސްމެޓިކްސް ލިބެންހުންނައިރު ގިނައީ ބޭނުންކުރުމުން ހަމުގެ މައްސަލަ ތަކާއި ސިއްޙީ ގިނަ މައްސަލަތަަކަށް ހުށައެޅޭ ނުރައްކާތެރި ކެމިކަލްތަކުން ފުރިފައިވާ ބާވަތްތަކެވެ. ޗައިނާއިން ލޭބަލްކޮށްގެން ގެނެސް ވިއްކާ ގޮތްނޭނގޭ، ފޭކް ބްރޭންޑްތައްވެސް މަދެއްނޫނެވެ. ގޮތްނޭނގޭ ކޮސްމެޓިކްސް އަށްލާރި ހަރަދުކުރުމަށްވުރެން އިތުބާރުހިފޭ ގެރެންޓީ ބްރޭންޑްތައްގަނެގެން ބޭނުންކުރުން މާރައްކާތެރިއެވެ.

ކޮސްމެޓިކްސް ގަންނައިރު ފުޅީގެ ބޭރުގައި ލިޔެފައިވާ އެކުލެވިގެން ބާވަތްތައް ކިއާލަން އާދަވެފައިވުމުން ކައިލާން ފިހާރައިގެ ބައެއް ކޮސްމެޓިކްތަކުގެ ބޭރުކިޔާލުމުން ހިތަށް ހިތްހަމަޖެހުމާ އުފާވެރިކަން ލިބިގެންދިޔައީ ކެމިކަލްފްރީ އޯގެނިކް ބްރޭންޑްތަކެއް ފެނިގެންދިއުމުންނެވެ. ރާއްޖޭން އާންމުކޮށްލިބެން ހުންނަ އުފެއްދުންތަކާ ހާސްބައި ތަފާތެވެ. ޕެކޭޖިންގ ކޮލިޓީވެފައި އަގުތައްވެސް އަތްފޯރާހިސާބުގައެވެ. 

ކައިލާންގެ ގިނަ ބްރޭންޑްތައް ޙާއްސަވަނީ އިތުބާރުހިފޭ ރައްކާތެރި ބްރޭންޑްތަކަށް ވާތީކަން ޔަޤީންވިއެވެ. މިއީ އަޅުގަނޑަށް އޭގެތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވުނު ބައެއްބްރޭންޑެވެ.

 

ނެޗުރާ ސައިބެރިކާ

ގުދުރަތީ މާހައުލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ޒާތުގައި ހެދިފައިވާ ގަސްގަހާގެހިތަކުގެ ޚާއްޞަ ޠަބީޢަތަކީ ގުދުރަތީ ނިއުޓްރިއެންޓްސް އަދި އެކްޓިވް ކޮމްޕޯނެންޓްތަކުން މުއްސަނދި ތަކެއްޗަށްވުމެވެ. އެހެންކަމުން މިތަކެތި ބޭނުންކޮށްގެން އުފައްދާ ކޮސްމެޓިކްސްގައި އޭގެފައިދާ ދެގުނައަށް އެކުލެވިގެެންވެއެވެ. ޔޫރަޕްގެ އުފެއްދުމެއް ކަމުގައިވާ ނެޗުރާ ސައިބެރިކާގައި ބޭނުންކޮށްފައިވަނީ ދަނޑުވެރިކަމުގެ ބޭސްތަކާ ކެމިކަލް ބޭނުންކުރުމަކާނުލާ އޭގެ ޒާތުގައި ގުދުރަތުގެ ފުރިހަމަކަންމަތީ ހެދޭ ބާވަތްތަކެވެ.

އެވޯޑް ލިބިފައިވާ ބްރޭންޑް، ނެޗުރާ ސައިބެރިކާ އިން 2013 ވަނަ އަހަރު އަމިއްލަ ދަނޑުވެރިކަމުގެ ފާމެއް ފަށާފައި ވާއިރު، މިއީ ޔޫރަޕްގެ ބައިއޯ ސްޓޭންޑަޑް އީޔޫ 834/ 07 އިން ސެޓްފިކެޓް ލިބިފައިވާ ފުރަތަމަ އަދި އެންމެ ބޮޑު އޯގަނައިކް ފާމެވެ.

33 ހެކްޓަރުގެ ބިމެއްގައި އޮންނަ މި ފާމަކީ ގުދުރަތީ ގޮތުން އެޑަޕްޓޯޖެނިކް ( ހަށިގަނޑުގެ ސްޓްރެސް މެނޭޖްކޮށް، ސްޓްރެސް ބޮޑު ހާލަތަކަށް ފަހު ބެލެންސް އަލުން ހޯދުމަށް އެހީތެރިވެދޭ ގަސް)ގިނަ ގަސްގަހާގެހި ހެދޭ ތަނެކެވެ. ހަންގަނޑަށް އެކަށީގެންވާ އެކި ބާވަތުގެ ސްކިންކެއަރގެ އިތުރުން އިސްތަށިގަނޑު ރީތިކޮށް ވަރުގަދަ ކޮށްލަން ހެއަރކެއަރގެ ގިނަ ބާވަތްތައްވެސް ކައިލާންގައި ލިބެންއެބަހުއްޓެވެ.

 

އޯގަނިކް ޝޮޕް

ތާޒާ މޭވާ އާއި ގަސްގަހާގެއްސާއި މާތަކާއި ރަހަތަކުން ތައްޔާރުކޮށްފައިވާ ގުދުރަތީ ރީތިކަމުގެ އުފެއްދުމެކެވެ. ދުވަސްވީ ސަގާފީ ރީތިކަމުގެ ކޮމްބިނޭޝަންތަކާއި ރެސިޕީތައް ބޭނުންކޮށްގެން އޯގަނިކް ޝޮޕުން ވަނީ ގުދުރަތީ ރީތިކަމަށް ޒަމާނީ ޓްވިސްޓެއް ދީގެން ގުދުރަތީ މާއްދާތަކުން ފުރިފައިވާ އެންމެ ފަހުގެ އުފެއްދުންތައް ގެނެސްދީފަ އެވެ. ބަލާބެލުމަށް އަދި ދުވާ ހިތްގައިމު ވަސްތަކުން ހީވަނީ މީރު ޑެޒަޓެއްހެނެވެ. ބަނާނާ މިލްކްޝޭކް ބޮޑީ ރިޕެއަރިންގ ކްރީމް , ބްލެކް ބެރީ ޖޭމް ބޮޑީ ޕޮލިޝިންގ ކްރީމް, ފްލަފީ މާރޝްމެލޯ ފަދަ ސްވީޓް ނަންތައް ދެވިފައިވާ މި ބްރޭންޑުގެ ހުރިހާއުފެއްދުމެއްވެސް ތައްޔާރުކޮށްފައިވަނީ ރާއްޖެފަދަ ހޫނު ޖަޒީރާ ޤައުމުތަކުގެ މާހައުލާ އެންމެ އެކަށީގެންވާގޮތަށެވެ. ހަންގަނޑު ހިކި، ކުރަކިވާ މީހުންނާއި ހަންގަނޑު މޮއިސްޗަރައިޒްކޮށް ބަހައްޓަން ބޭނުން ފަރާތްތަކަށް މިއީ އެއްވަނައިގެ އުފެއްދުމެކެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ މިޕްރޮޑަކްޓަކީވެސް ވީގަން އަދި އޯގަނިކް އުފެއްދުމެކެވެ.

ޑރ.ކޮނޮޕްކާސް

ޑރ.ކޮނޮޕްކާސް އަކީ 1938 ވަނަ އަހަރު ތައްޔާރުކޮށްފައިވާ އެޒަމާނުގެ އެންމެ ކާމިޔާބު ބިއުޓީ ރެސިޕީތައް ބޭނުންކޮށްގެން ގަސްގަހާގެއްސާއި ގުދުރަތީ ތެލުގެ ތަފާތު އެކި ކޮމްބިނޭޝަންތަކުން އުފައްދާފައިވާ ބްރޭންޑެކެވެ. މިއުފެއްދުމުގެ ސަބަބުން ހަމާއި އިސްތަށިގަނޑުގެ ގިނަ މައްސަލަތަކަށް ހައްލު ލިބިފައިވެއެވެ.

މީގެ 100 ވަރަކަށް އަހަރު ކުރިން ޑރ.ކޮނޮޕްކާ ވަނީ ޓަލިންގެ ސަބަރބްގައި ކުޑަ ބޭސްފިހާރައެއް ހުޅުވައިފައެވެ.

އޭނާގެ ފިހާރަ މަގުބޫލު ކަމުން ހެނދުނުން ފެށިގެން ބަންދުކުރުމާއި ހަމައަށް ކިއުއަށް މީހުން އަންނަނީ، އޭނާ އުފައްދާ ކޮސްމެޓިކްސް ތަކުން ހަގީގަތުގައި ވެސް ރަނގަޅުވީމައެވެ.

ޑޮކްޓަރ ކޮނޮޕްކާސްގެ ރީތިކަމުގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ބޮޑުކަމުން 1938 ވަނަ އަހަރު އޭނާގެ ކޮސްމެޓިކްސް ރެސިޕީތަކާއެކު ވަރަށް ލިމިޓެޑް އެޑިޝަންފޮތެއް ޝާއިއުކުރިއެވެ. ގިނަ ރެސިޕީތައް މިއަދާ ހަމައަށް ވެސް ދެމެހެއްޓިފައިވެއެވެ. ޔޫރަޕުގެ މިއުފެއްދުން މިއަދު ރާއްޖެއިން ލިބެން ހުރުމަކީ އޯގަނިކް އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެކެވެ.

ޒަމާން މިވަނީ ބަދަލުވެފައެވެ. ތިމާވެއްޓާއި ރައްޓެހި އުފެއްދުންތައް ބޭނުންކޮށް ކެމިކަލް ތަކާ ދުރުވާން މިވަނީ ޖެހިފައެވެ. އިންސާނާ ބޭނުންކުރާ ކޮންމެ ކޮސްމެޓިކްސްގައި އެކުލެވޭ ވިހަ މާއްދާތަކަކީ ހަމުގެ ޒަރިއްޔާއިން ހަށިގަނޑުގެ އެތެރެއަށް އޭގެ އަސަރު ފޯރުވާ ތަކެއްޗެވެ. އެހެންކަމުން ކެމިކަލް ފްރީ ބާވަތްތަކުގެ އަޖުމަ ބައްލަވާލެއްވުމަށް ކައިލާނެގެ މިބްރޭންޑުތައް އިޚްތިޔާރުކުރައްވާށެވެ. ތަފާތު ފެންނާނެއެވެ.