ހޮލީވުޑްގެ އެތައް ފިލްމަކުން ބެލުންތެރިންގެ މަގްބޫލްކަން ހޯދާފައިވާ އެމްބާ ހާޑް، ފަހަކަށް އައިސް ދިރިއުޅެމުންދަނީ ސްޕެއިންގެ ހޮލީވުޑާއި ދުރު ދިރިއުޅުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަކުއާމަންގެ ތަރި އެ ސަރަހައްދަށް ބަދަލުވެފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާ އެކްޓަރު ޖޯނީ ޑެޕްއާ ދެކޮޅަށް ކުރި ގާނޫނީ ހަނގުރާމައިން ބަލިވުމުން ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑްގައި ގާތްގަނޑަކަށް 1.9 މިލިއަން ޑޮލަރުގެ ވިލާއެއް ހާޑްގެ ނަމުގައިވެއެވެ. އޭނާގެ އަވަށްޓެރިންނަކީ ސްޕެއިންގެ ފުޓްބޯޅަ ކޯޗު ޒަބީ އަލޮންސޯ، ބަތަލާ މާ ފްލޮރެސް، ހުއާން ބެނާޓް، އެންޓޯނިއޯ ގާލާ، ހުއާން އަބެލޯ، ކާމެން ސެވިލާ، ނާސިސް ސެރާ، އަދި އިޒާބެލް ޕްރެއިސްލާ ފަދަ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުންނެވެ.
އެމްބާ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަސްދަރަކުން ހާމަކުރި ގޮތުގައި، “ހާޑް، ހޮލީވުޑް ދޫކޮށް މަޑުމަޑުން ސްޕެއިންއަށް ބަދަލުވީ އޭނާގެ ޒުވާން އަންހެން ދަރިފުޅު އޫނާގް އާއެކު. ސްޕެނިޝް ބަހުން ދެބަސް ދަންނަ އޭނާ އެތަނުގައި އުފާވެރިކަމާއި އެކު އަޑުގަދަކަމާއި ދުރުގައި އަންހެން ދަރިފުޅު ތަރުބިއްޔަތު ކުރަމުން އެބަދޭ. އަހަރެން ހިއެއްނުވޭ އޭނަ އެނބުރި މަސައްކަތަށް ނުވަތަ ހޮލީވުޑަށް ދާން އަވަސްވެގަންނާނެ ކަމަކަށް، އެކަމަކު ވަގުތު ޖެހުމުން، ރަނގަޅު ޕްރޮޖެކްޓަކަށް އެނބުރި އަންނާނެ ކަމަށް ލަފާކުރެވޭ"ކަމަށެވެ.
އެހެން މީހަކު އެމެރިކާ ގެ ނޫހަކަށް ހާމަކުރި ގޮތުގައި، “އޭނާ ދިރިއުޅެމުން އައީ ސްޕެއިންގައި، އެތަނުން އޭނާއަށް އިތުރު ޕްރައިވެސީއެއް ލިބެ އެވެ. އެ ޝަރީއަތަކީ އޭނާއަށް ސްޓްރެސް ބޮޑު ކަމެއް، އަދި އޭނާ ހަމައެކަނި ބޭނުންވީ ގައުމުން ބޭރުގައި ތާޒާކޮށް ފަށަން." ކަމަށެވެ.
މަސްދަރަކުން ހާމަކުރި ގޮތުގައި ގާނޫނީ ހަނގުރާމައިން ބަލިވުމުން އެމްބާ އާއި ދޭތެރޭ ގޯސްކޮށް މީހުން ކަންތައް ކުރަމުންދާ ކަމަށް އޭނާ އަށް ހީވި އެވެ. “އޭނާ އަނެއްކާވެސް މަސައްކަތް ކުރުމާއި ފިލްމު ކުޅެން ފަށަން. ޝަރީޢަތަށް ފަހު އޭނަ ހުރީ ވަރުބަލިވެ މާޔޫސްވެފައެވެ. އޭނައަށް ހީވީ އޭނައާ މެދު ގޯސްކޮށް ކަންތައް ކުރެވުނުހެންނެވެ. މިހުރިހާ ކަމެއް މިހާރު އޭނާގެ ފަހަތުގައި އޮތް ނަމަވެސް. އާ ހަކަތައެއް ލިބިފައިވާ އަދި ލޯބިވާ ކަންކަމަށް ފޯކަސް ކުރާ ވަގުތު ނަގާނެ”ކަމަށް މަސްދަރަކުން ބުންޏެވެ.
މީގެ އިތުރުން އިންޓަވިއުއެއްގައި އެމްބާއާ ހަވާލާދީ ބުނެފައިވަނީ، “އަހަންނަށް ކޮންމެ ދުވަހަކުވެސް އުނދަގޫކޮށް، ނިކަމެތިކޮށް، އިންޒާރު ދެނީ. ހަމައެކަނި މި ކޯޓު ރޫމަށް ވަދެގެން ވެސް، މިތާ ދުނިޔޭގެ ކުރިމަތީގައި އިށީނދެގެން، އަހަރެންގެ ދިރިއުޅުމުގެ އެންމެ ނުބައި ބައިތައް، އަހަރެން ދިރިއުޅެފައިވާ ކަންތައްތައް ބޭނުން ކޮށްގެން އަހަރެން ނިކަމެތި ކޮށްލަން އެތަށް ބަޔަކު މަސައްކަތް ކުރޭ. މީހުން އަހަރެން މަރާލަން ބޭނުންވާ ވާހަކަ ކޮންމެ ދުވަހަކުވެސް ބުނޭ" ކަމަށެވެ.
