އަނިލް ކަޕޫރަކީ ބޮލީވުޑްގެ އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެއް ކަމަށް ބުނުމަކީ ގޯހެއް ނޫނެވެ. އުމުރަށް ވުރެން ޒުވާން ކަމަށް ދައްކާ އެކްޓަރަކީ ބޮލީވުޑްގެ ޒުވާން އެކްޓަރުންނަށް ވަކި ދޫކުރާ އެކްޓަރެއް ނޫނެވެ.
އަނިލްކަޕޫރު މިވަގުތު ޕްރެޕް ކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ފައިޓަރ އަށް ކަމުން އެ ފިލްމުގައި އޭނާގެ ވޯކްއައުޓް ވީޑިއޯތައް ހިއްސާކޮށް ފިޓްނަސް ވީޑިއޯތަށް އޭނާ ވަނީ އާންމުންނާއި ހިއްސާ ކޮށްފައެވެ. މި އެރިއަލް އެކްޝަން ފިލްމު ފައިޓަރގެ ޝޫޓިންއަށްފަހު އެކްޓަރު ޝޫޓްކުރާނީ އިތުރު ހައި އޮކްޓޭން އެކްޝަން ފިލްމެއް ކަމަށްވާ ސުބޭދާރ އަށެވެ. މިއީ 2019 ވަނަ އަހަރު މާޅެޔާލަމް ބަހުން ނެރުނު އެންޑްރޮއިޑް ކުންޖައްޕަން ވަރ 5.25 ގެ ހިންދީ ބަހުން އެޑެޕްޓޭޝަނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވެރައިޓީއާ ވާހަކަ ދައްކަމުން އަނިލް ކަޕޫރު ބުނީ، “އަހަރެން ވަރަށް ގިނަ އެކްޝަން ފިލްމުތައް ހަދާފައި ވީނަމަވެސް މިއީ ޕިއާރ އެކްޝަން ފިލްމެއް، ޑްރާމާ އެކްޝަން ފިލްމެއް. މިވަގުތު ޕްލޮޓް އޮތީ ފޮރުވިފައި ޕްރިންސިޕަލް ފޮޓޯގްރަފީ ފެށޭނީ ސެޕްޓެމްބަރު 15 އިން." ކަޕޫރު ވަނީ 2019 ވަނަ އަހަރު މާލޭ ބަހުން ނެރުނު ހިޓް ފިލްމު އެންޑްރޮއިޑް ކުންޖައްޕަން ވަރ 5.25 ގެ ހިންދީ ބަހުން އެޑެޕްޓޭޝަންގެ ލީޑް ރޯލުން ފެނިގެންދާނެ ކަމަށް ވެސް ކަށަވަރުކޮށްދެމުން ބުނި އެވެ. މި ފިލްމަކީ ބައްޕައާއި ދަރިފުޅުގެ ގުޅުމާއި އެމީހުންގެ ދިރިއުޅުން ބަދަލުވަނީ އެމީހުންގެ ދިރިއުޅުމަށް އެއައި ހިއުމަނޮއިޑް އެއް ވަދެގެންނެވެ.
އަނިލް ކަޕޫރު ދާދި ފަހުން ވަނީ ރަންބީރު ކަޕޫރު ވެސް ލީޑް ރޯލުން ފެނިގެންދާ ސަންދީޕް ރެޑީ ވަންގާގެ އެކްޝަން ޑްރާމާ "އެނިމަލް" ގެ ޝޫޓިން ނިންމާލާފަ އެވެ. އޭނާ މިހާރު ޝޫޓިން ކުރަމުން އަންނަނީ ޕަތާންގެ ފިލްމު އުފެއްދުންތެރިޔާ ސިދާތު އަނަންދު ޑައިރެކްޓް ކުރާ ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން ވެސް ލީޑް ރޯލުން ފެނިގެންދާ އެރިއަލް އެކްޝަން ފިލްމު ފައިޓާ އެވެ.
އުމުރުން 66 އަހަރުގައި ވެސް އަނިލް ކަޕޫރު މަޝްހޫރު ވެފައި ވަނީ ތަފާތު މޮޅު ފިލްމު ތަކެއް ކުޅޭ މީހެއްގެ ގޮތުންނެވެ. 130 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ދަނީ މެދުނުކެނޑި އާ ކަންތައްތަކެއް މަސައްކަތް ކުރަމުނެވެ. އޭނާގެ ބޭނުމަކީ އުމުރަކީ ހަމައެކަނި އަދަދެއްކަން ސާބިތުކޮށްދޭ ތަސައްވުރަކުން އަމިއްލައަށް ޗެލެންޖްކޮށް ފަހަތަށް ޖައްސާލާ ކަމަށް އޭނާ އަންނަނީ ބުނަމުންނެވެ.
