މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް ކާންސް ފިލްމް ފެސްޓިވަލްގައި "ޖީން ޑޫ ބާރީ" ޕްރިމިއާ ކުރުމަށް ރެޑް ކާޕެޓް ޒީނަތްތެރި ކުރަން ނިންމައިފި އެވެ. ނަމަވެސް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ގާތް ރަހުމަތްތެރިން ވަނީ ޑެޕް ގެ މި އެނބުރި އައުމަށް ހިޔަނި އަޅަން އަޒުމް ކަނޑައަޅާފައެވެ.
އުމުރުން 59 އަހަރުގެ ޑެޕް ކުޅެނީ ފްރާންސްގެ އެކްޓަރު އަދި ޑައިރެކްޓަރު މައިވެން ޑައިރެކްޓްކޮށް ކޯ ސްޓާރެއް ކުރާ މި ފިލްމުގައި ލޫއީ އެކްސްވީގެ ރޯލެވެ. ޑެޕް އަށް މިހާރު 20 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ފައިދާހުރި ޑިއޯ ޑީލަކާއި އަލް ޕަޗިނޯއާ އެކު ކުރިއަށް އޮތް ޑައިރެކްޓަރުގެ ޑެބިއު ހިމެނޭހެން ލިބިފައިވީ ނަމަވެސް، އޭނާ އަށް އާ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ.
ހެޑްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ނޫސްވެރިޔާ އީވް ބާލޯ ވަނީ މިދިޔަ ހަފްތާ ބަންދުގައި އިންސްޓަގްރާމް އަށް ގޮސް ޑެޕްގެ ކާންސްގެ ކުޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ޑެޕްގެ ފޮޓޯއެއް ޕޯސްޓްކޮށްފައިވާއިރު، "ކާންސް ފަޚުރުވެރިވާހެން ހީވަނީ ރޭޕްކުރާ މީހުންނާއި އަނިޔާކުރާ މީހުންނަށް ތާއީދުކުރާ ތާރީހާއިމެދު." ކަމަށް އޭނާ ބުނިއެވެ. ބާލޯ ވަނީ "'ޖީން ޑޫ ބާރީ' ރިޕްރެޒެންޓިންގ އެބިއުސަރސް އެޓް ކާންސް" ކަމަށް ލިޔެފައިވާ ތަސްވީރެއް ވެސް ހިއްސާކޮށް، ޑައިރެކްޓަރުން ކަމަށްވާ ވުޑީ އެލެން އާއި ރޯމަން ޕޮލާންސްކީއާ އެކު ޑެޕްގެ ފޮޓޯތައް ހިމަނާފަ އެވެ.
އެލެން އޭނާގެ އަންހެން ދަރިފުޅު ޑައިލަންއަށް އަނިޔާކުރި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފައިވާއިރު، ޕޮލާންސްކީ ވަނީ 1977 ވަނަ އަހަރު 13 އަހަރުގެ އަންހެން ކުއްޖަކާ ގަވާއިދާ ހިލާފަށް ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފުވި ނަމަވެސް ފްރާންސަށް ފިލައިގެން އެމެރިކާގައި ޖަލު ހުކުމް ތަންފީޒުކުރުމުން ސަލާމަތްވެފައި ވާ މީހެއްކަމަށް ރިޕޯޓުތަކުން ބުނެއެވެ. ބާލޯގެ ސޯޝަލް މީޑިއާ ޕޯސްޓާއެކު "ވައި ޑަސް ކާންސް ޕްލެޓްފޯމް ޕްރިޑޭޓާސް؟" ގެ ނަމުގައި މީމްއެއް ލިޔެފައިވާއިރު ކުށް ސާބިތުވެފައިވާ ރޭޕްކުރި ހާވީ ވެއިންސްޓައިން އާއި އެކްޓަރު ޖެރާޑް ޑެޕާޑިއޯ އަދި ރޭޕްގެ ތުހުމަތުތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ޕެރިސް ކޯޓުން ދައުވާ ބާތިލްކުރި ފްރާންސްގެ ޑައިރެކްޓަރެއް ކަމަށްވާ ލޫކް ބެސަން ވެސް ހިމެނޭހެން މީހުންގެ ފޮޓޯވެސް އޭނާ ވަނީ މި މީމް އާއި އެކު އާންމުންގެ ތެރެއަށް ދޫކޮށްލާފައެވެ.
ޑެޕްއާ ގާތް މީހަކު އެ ތުހުމަތުތަކުން އޭނާ ދިފާއުކޮށް ބުނީ "މި ޕޯސްޓްގައި ހިމެނޭ އެހެން މީހުންނަކީ ތުހުމަތު ކުރެވޭ ނުވަތަ ކުށްވެރިވެފައިވާ ކުޑަކުދިން ޝިކާރަކުރާ މީހުންނާއި ރޭޕްކުރާ މީހުން؛ އެއީ ޖޮނީއެއް ނޫން. ޖޮނީ ވަނީ އޭނާ އާއި ދެކޮޅަށް ކުރެވުނު ތުހުމަތުތަކާއި ދެކޮޅަށް ކޯޓުގައި ވަކާލާތު ކޮށް މޮޅުވެފައި" ކަމަށެވެ.
މިހާރު ސްޕެއިންގައި ދިރިއުޅެމުން އަންނަ ހާޑް އާއި އޭނާގެ އަންހެން ދަރިފުޅު އޫނާގް އާއެކު ދިރިއުޅެމުން ދާ ބޯލާ އިތުރަށް ބުނީ "ޖީން ޑޫ ބާރީ" ދައްކާ ސިނަމާތަކުގައި މުޒާހަރާގެ ފްލައިއާތައް ބަހަމުން އަންނަ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިއާތަކުގައި ލިޔެފައި ވަނީ "ތިޔަ ބަލަން އުޅޭ ފިލްމު - މައިވެންގެ 'ޖީން ޑޫ ބާރީ' - ގައި އޭނާގެ ކުރީގެ އަންހެނުން، ހާޑް އަށް އަނިޔާވެރިވިކަން ސާބިތު ވާ ޑެޕްގެ މަންޒަރުތައް ހިމެނޭ" ކަމަށެވެ. ޑެޕް ވަނީ ވޮޝިންޓަން ޕޯސްޓަށް ލިޔެފައިވާ ލިޔުމުގައި ބުނެފައިވާ އެއްވެސް ކަހަލަ އަމަލެއް އޭނާ ހިންގާފައި ވާކަމާއި މެދު ދެކޮޅު ހަދާފައެވެ.
