މީރު ވަހަށް ލޯބިކުރުމަކީ އިންސާނާގެ ޠަބީއަތުގައިވާ ކަމެކެވެ. ގައިން މީރު ވަސް ދުއްވާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ. ޖަހައިގެން ހުންނަ ސެންޓުގެ މީރުވަހަކީ ބައްދަލުވާ އެހެން މީހުންނަށް ވެސް ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.
ޒަމާން މިވަނީ ބަދަލުވެފައެވެ. އެއްފިހާރައިން އަނެއް ފިހާރަ އަށް ދުއްވައިގެން ވިހި-ތިރީސް ސެންޓުގައި ވަސްބަަލައިގެން ވަސްތައް އޮޅުންއަރާ އެންމެ ކަމުނުދާ ފުޅި ގަތުމަށް ވުރެން ހަމަޖެހިލައިގެން ސެންޓުގައި އެކުލެވޭ ނޯޓްތައް ބަލައިލައިގެން އެންމެ ހިތްހަމަޖެހޭ ނޯޓްތައް ހިމެނޭ ސެންޓުު ފުޅި ގަނެލުން މާ ފަސޭހަ ނޫންތޯއެވެ. ސެންޓުގައި އެކުލެވޭ ނޯޓްތައް ކިޔާލުމުން ޓެސްޓަރއަކާ ނުލާވެސް ސެންޓުގެ ވަސް ހުންނާނެގޮތް އަންދާޒާ ކޮށްލެވޭނެއެވެ.

މީރު ވަސް ދުވާ ތަފާތު އެކި ބްރޭންޑްތަކުން ފަޅުފިލުވާލާފައިވާ "ޕަރފިއުމް ބައި ފިނެސް" އިން އަގުހެޔޮ ސެންޓުން ފެށިގެން އެންމެ ހައި އެންޑް ސެންޓު ވެސް ލިބެން އެބަހުއްޓެވެ. ސެލްބްރިޓީންގެ ސެންޓުތަކާއި ކުޑަ މިންވަރަކަށް އުފައްދާ، އާންމުކޮށް ކުންފުނީގެ ފިހާރަ މެދުވެރިކޮށް ވިއްކާ ތަފާތު، އިން-ހައުސް ނީޝް ސެންޓާއި ލަގްޒަރީ ސެންޓު ވެސް އޯޑަރ ކޮށްލުމުން ވަގުތުން ލިބެން އެބަހުއްޓެވެ. ފިނެސް އަށް ގެންނަ ހުރިހާ ސެންޓަކީ ފްރާންސް, އިޓަލީ, ސްޕެއިން އަދި ސްވިޓްޒަލޭންޑުގެ އެންމެ ކޮލިޓީ ރަނގަޅު ސެންޓެވެ. 


ކޮންމެ ސެންޓެއްގައި އެކުލެވިފައިވާ ވަހާއި ސެންޓުގެ ނޯޓްތައް ބުނެދީފައިވާ ތަފްސީލްކަމުން ސެންޓެއް އިހުތިޔާރުކުރަން ވަރަށް ފަސޭހައެވެ. ސެންޓު އުފައްދާ އިރު އޭގައި އެކުލެވޭ ވަހަކީ ސެންޓްގެ ނޯޓްސް އެކުލެވޭ ތަފާތު ލޭޔަރތަކެކެވެ. މި ވަސްތައް ވަކިވަކިން ތިން ބާވަތަކަށް ބަހާލެވިފައި ވެއެވެ: ޓޮޕް ނޯޓްސް، ހާޓް ނޯޓްސް އަދި ބޭސް ނޯޓްސް އެވެ. ޓޮޕް، ހާޓް އަދި ބޭސް ނޯޓްސް އެކުގައި މަސައްކަތްކޮށްގެން ހިތްގައިމު މީރު ވަހެއް އުފެދެއެވެ.

 

ސެންޓު ޖަހާ ހިސާބުން ފެށިގެން މަތީ ނޯޓްތައް، ނުވަތަ ޓޮޕް ނޯޓްގެ ވަސް ގާތްގަނޑަކަށް 5-15 މިނެޓް ވަންދެން ދެމިގެންދެއެވެ. މެދު ނޯޓްތައް ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދުގެ ވަގުތަކަށް ދެމިގެންދާއިރު، ސެންޓުގެ ގިނަ ވަސް އެކުލަވާލަނީ މި ނޯޓުންނެވެ. ބޭސް ނޯޓްސް އާންމުކޮށް ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތަކަށް ދެމިގެންދެއެވެ.
ކޮންމެ މަހަކު އެއް ފަހަރު ފިނެސް އިން އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށްގެންދާ ގިވްއަވޭގައި ވަރަށް އަގުހުރި, މީރު ވަސް ދުވާ ސެންޓު ފުޅިއެއް ލިބިގެންދެއެވެ. މި ފުރުޞަތު އިތުރަށް ހާއްސަކޮށްލުމަށް އަންހެނުންގެ ސެންޓު ފުޅިއަކާއި ފިރިހެނުންގެ ސެންޓު ފުޅިއެއްގެ ތެރެއިން ބޭނުން ބާވަތެއް އިހުތިޔާރުކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ލަސްނުކޮށް ފިނެސްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯ ކުރައްވާށެވެ.

ގިވްއަވޭގެ ނަސީބުވެރިއަކީ ތިއީކަމުގައި ވެސް ވެދާނެއެވެ. މިމަހުގެ ގިވްއަވޭ އަށް މިހާރު ހުޅުވާލާފައި ވާއިރު މިމަހުގެ ހަދިޔާއަކީ ހޫގޯ ބޯސްގެ ބޮޓްލްޑް ފުޅިއެއް ނުވަތަ ގުޑްގަރލް ސުޕްރީމް ފުޅިއެކެވެ.


މި ގިވްއަވޭގައި ބައިވެރިވުމަށް އިންސްޓަގްރާމްގައިވާ ފިނެސްގެ ގިވްއަވޭ ޕޯސްޓް އަށް ލައިކް ކުރުމަށް ފަހު ފަސް މީހަކު ޓެގްކޮށް ސްޓޯރީގައި ޝެއަރކޮށް ފޭސްބުކްއާއި އިންސްޓަގްރާމް ފޮލޯކުރުމުން ބައިވެރިވެވުނީއެވެ. ގިވްއަވޭގެ ނަސީބުވެރިޔާ ކޮންމެ މަހެއްގެ އެންމެ ފަހު ދުވަހު ގުރުއަތުން ހޮވައެވެ.
ފިނެސް އިންސްޓްގްރާމް: 

Instagram Page

ފިނެސްގެ ސެންޓު ފިހާރައިން މާލެ އާއި އަތޮޅުތެރެއަށް ވެސް ޑެލިވަރކޮށްދެއެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން ފެރީތަކާއި ބޯޓުތަކަށް ހިލޭ ޑެލިވަރކޮށްދޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕޯސްޓޭޖް ފީއަކާ އެކު ޕޯސްޓު މެދުވެރިކޮށް ފޮނުވާދޭނެ ކަމަށް ފިނެސް އިން ބުންޏެވެ.
 

ޒަމާނީ ކުރިއެރުންތަކާ އެކު އަޅުގަނޑުމެންގެ ވަގުުތު ވެސް މިވަނީ ކުޑަތަންވެފައެވެ. ލޯބިވާ މީހަކަށް ނުވަތަ ގާތް މީހަކަށް ހާއްސަ ދުވަސްތަކުގައި ހަދިޔާ ދޭން ބޭނުންވާ ފަރާތްތަކަށް ފިނެސްގެ ގިފްޓް ބޮކްސް ހިދުމަތް ވަރަށް ފުރިހަމައެވެ. މުނާސަބާތަކާއި ހާއްސަ ދުވަސްތަކާ ގުޅުވާލައިގެން ބޭނުން ގޮތަކަށް ތައްޔާރުކޮށްދޭ ގިފްޓް ބޮކްސް އަކީ ހަމަގައިމު ވެސް ހާއްސަ ދުވަސްތަކަށް ވަރަށް މުހިންމު ހިދުމަތެކެވެ. ނިމިގެންދިޔަ ރަމަޟާން މަހުގެ ގިފްޓް ބޮކްސްތަކުގައި ހަތިމަކާއި ތަސްބީހައަކާއި ސެންޓު ފުޅީގެ އިތުރުން ޗޮކްލެޓަކާއި ހާއްސަ މެސެޖެއް ހިމަނާފައިވެއެވެ. ކުރިއަށް އޮތް ބޮޑު އީދާއި ބައްޕައިންގެ ދުވަސް ފަދަ ހާއްސަ ދުވަސްތަކުގެ އުފާވެރިކަން އިތުރުކޮށްލުމަށް ފިނެސްގެ ގިފްޓް ބޮކްސް ހަމަ އެއްވަނައެވެ. 

ޕަރފިއުމް ބައި ފިނެސް އިން ވިޔަފާރި ކޮށްފައިވާ ފަރާތްތަކުން ވަނީ ހިދުމަތުގެ ފުރިހަމަކަމުގެ ވާހަކަ ދައްކައި އަގާއި ކޮލިޓީ އަށް ފަސް ތަރި ދީފައެވެ. ކަސްޓަމަރުންނަށް ޖަވާބުދާރީވުމާއި ހިދުމަތުގެ ހަލުވިކަން ގިނަ ކަސްޓަމަރުން ފާހަގަ ކޮށްފައިވާއިރު ބޭނުންވެގެން ހޯދާ ސެންޓު ފަސޭހައިން ލިބޭކަން ހުރިހާ ފަރާތްތަކުން ވެސް ވަނީ ފާހަގަ ކޮށްފައެވެ. ޑެލިވަރީކޮށްދިނުމުގެ އަވަސްކަމާއި ކަސްޓަމަރުންނާ ދޭތެރޭ ބަހައްޓާ އޯގާތެރިކަމާއި ގާތްކަން ވެސް ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ.

ސެންޓުގެ އެކި ބާވަތްތައް ރނގަޅު އަގެއްގައި ހޯދުމަށާއި ތަފާތު ގިނަ ޕްރޮމޯޝަންތަކާއި ގިވްއަވޭ ބޭނުންފުޅުވެލައްވާ ހުރިހާ ފަރާތްތަކުން އަވަހަށް "ޕަރފިއުމް ބައި ފިނެސްގެ ފޭސްބުކް ޕޭޖް ލައިކު ކުރައްވާ އިންސްޓަރގްރމް އިން ފޮލޯކުރައްވާށެވެ.

ފިނެސްގެ ފޭސްބުކް: 

https://www.facebook.com/Finessemv