ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް ރޭ ފަށައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ 11 ވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. 

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާ ގައެވެ. އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ އިތުރުން އޯޕަން ސިންގަލްސް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި އަހަރުގެ މުބާރާތުގައި ރޭ ކުޅެފައިވަނީ އަންހެން އަދި ފިރިހެން ސިންގަލްސް ޑަބަލްސް މެޗުތަކެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ފިރިހެން ޑަބަލްސް އިވެންޓްގެ ސެމީ އާއި އޯޕަން ސިންގަލްސްގެ ފުރަތަމަ އަދި ދެވަނަ ބުރުގެ މެޗުތައް ހިމެނެއެވެ.  

މި މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އާދަމް އަދީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ އައިމިނަތު ވިދާދް އެވެ.