ޖަޕާނުގެ އައިސްކްރީމް ކުންފުންޏަކުން ދުނިޔޭގެ އެންމެ މަދުން ނޫނީ ނުފެންނަ ބައެއް ބާވަތްތައް އެއްކޮށްލައިގެން އައިސްކްރީމްގެ ރަހައެއް އުފެއްދިއިރު، އޭގެ އަގު ކޮންމެ ސާވިންގްއަކަށް 6،696 ޑޮލަރެވެ.
ގިނީސް ވޯލްޑް ރެކޯޑްސް އިން އިއުލާން ކުރި ގޮތުގައި ޖަޕާނުގެ ބްރޭންޑް ސެލާޓޯ އަށް ދުނިޔޭގެ އެންމެ އަގުބޮޑު އައިސްކްރީމްގެ އާ ރަހައެއް ކަމަށްވާ ބިޔަކުޔާގެ ނަމުން ނަންދީފައިވާ އައިސްކްރީމްގެ ރެކޯޑް ހޯދި އެވެ
އަގުބޮޑު މި ޓްރީޓްގައި އެކުލެވޭ ބާވަތްތަކުގެ ތެރޭގައި އިޓަލީގެ އަލްބާގައި އުފައްދާ މަދުން ނޫނީ ނުފެންނަ ހުދު ޓްރަފަލްއެއް ހިމެނޭއިރު، ޕައުންޑެއްގެ އަގަކީ ގާތްގަނޑަކަށް 6،905 ޑޮލަރެވެ. އަދި ޕާމިޖިއާނޯ ރެޖިއާނޯ އާއި ސޭކް ލީސް ވެސް ހިމެނެ އެވެ.
ސެލަޓޯ މި ރަހަ ތަރައްގީކުރީ އޮސާކާ ރެސްޓޯރެންޓް ރިވީގެ ހެޑް ޝެފް ޓަޑަޔޯޝީ ޔަމަޑާއާ އެކުގަ އެވެ. އެ ކުންފުނިން ބުނީ ޔޫރަޕާއި ޖަޕާނުގެ ރަހަތައް އެއްކޮށް ތަފާތު އެއްޗަކަށް ހެދުމަށް މަސައްކަތް ކުރި ކަމަށެވެ.
"މިއައިސްކްރީމް އުފައްދަން 1.5 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި، ރަހަ ރަނގަޅު ކުރަން ވަރަށް ގިނަ ޓްރައިލްތަކާއި ގޯސްތަކެއް ހެދި. ގިނީސް ވޯލްޑް ރެކޯޑްސް ހޯދުމުން އެ މަސައްކަތުގެ އަގު ވަޒަން ކުރެވުނު،" ސެލަޓޯގެ މަންދޫބަކު ގިނީސް ވޯލްޑް ރެކޯޑްސް އަށް ބުންޏެވެ.
