ރާމް ޗަރަން މިހާރު ހުރީ ސްރީނަގަރުގައި ޖީ20 ސަމިޓްގައި ބައިވެރިވުމަށް ގޮހެވެ. އޭނާ އަކީ އިންޑިއާގެ ފިލްމީ ދާއިރާ ޖީ20 ގައި ތަމްސީލުކުރި ފުރަތަމަ ފިލްމީތަރިއެވެ. އޭނާ ދަނީ އިންޑިއާ ފަދަ ތަފާތު މުއްސަނދި ޑިމޮކްރަސީއެއްގައި ފިލްމް ޓޫރިޒަމްއާ ބެހޭ ގޮތުން ވަރަށް މުހިންމު މަޝްވަރާތަކެއް ކުރައްމުންނެވެ. އެ މަޝްވަރާތަކުގައި އޭނާ ވަނީ ހޮލީވުޑްގެ ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރަން މައްސަލައެއް ނުޖެހޭނެ ކަމަށް ބުނެ، އޭނާ އިންޑިއާގެ ސަގާފަތާ ގުޅިފައި ހުންނަން ބޭނުންވާ ގޮތުގެ ވާހަކަ ދައްކާފަ އެވެ.

ރާމް ޗަރަން ވަނީ ހޮލީވުޑްގެ ފަރާތުން އޮފާތަކެއް ލިބެމުންދާ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އޭނާ ބުނީ އިންޑިއާގެ ސަގާފަތާއި އިންޑިޔާގެ ހުރިހާ ކަމަކަށް ވެސް ލޯބިކުރާ ކަމަށެވެ. އޭނާ ބުނީ "އަހަރެން ބޭނުންވަނީ އިންޑިއާ އިތުރަށް އެކްސްޕްލޯރ ކުރަން އަދި ޕްރޮޑިއުސަރު ނުވަތަ ޑައިރެކްޓަރަކީ ހޮލީވުޑްގެ މީހެއް ނޫނީ އަހަރެންގެ ފިލްމުތަކަށް އެހެން ތަނަކަށް ދަތުރުކުރަން ބޭނުންވާނެ ކަމަށް ނުދެކެން. އަހަރެން ބޭނުންވަނީ އަހަރެންގެ ސަގާފަތުގައި ހިފަހައްޓަން. އަހަރެން ބޭނުންވަނީ ތިޔަބޭފުޅުންނަށް އަދި އެހެން ގައުމުތަކަށްވެސް ކިޔާދޭން އިންޑިޔާ އަކީ ވެސް ވަކި އެހެން ޤައުމުތަކަށް ވުރެން ދެރަ ޤައުމެއް ނޫންކަން" ކަމަށެވެ. 

މާޗް މަހު އާރުއާރުއާރު ޕްރޮމޯޝަންތަކުގެ ތެރެއިން ރާމް ޗަރަން ވަނީ އޭނާގެ ހޮލީވުޑް ޕްރޮޖެކްޓް ކޮންފަރމް ވެފައިވާ ކަމަށާއި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިހާރު އެ ކަމާއި ބެހޭ ގޮތުން ވާހަކަ ދެކެވެމުން ދާކަމަށާއި އެކި އެކި ކަންތައް ތަކަށް ތައްޔާރު ވަމުން ދާކަމަށެވެ. 

ރާމް ޗަރަން ވަނީ އޭނާގެ ފިލްމު އާރްއާރްއާރްގެ ނަޓޫ ނަޓޫ ލަވައަށް ވެސް މި ސަމިޓް ގައި ނަށާފައެވެ. ވީޑިއޯގައި ފެންނަނީ ރާމް ޗަރަން ހުދު ކުލައިގެ ސަގާފީ ހެދުމެއް ލައިގެން ކޮރެއާގެ ސަފީރު ޗަންގް ޖޭ ބޮކް އަށް ނަޓޫ ނާޓޫގެ ހޫކް ސްޓެޕް ދަސްކޮށްދޭ ތަނެވެ.

އޮންލައިންކޮށް އާންމުވެފައިވާ ވީޑިއޯތަކުގައި ރާމް ޗަރަން ވަނީ ކަޝްމީރާ ބެހޭ ގޮތުންނާއި އޭނާ އެތަނާ ގުޅިފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އެކްޓަރު ބުނީ، ކަޝްމީރަށް އަންނަނީ ބައްޕަގެ އެދުމުގެ މަތިން ކަމަށާއި އޭނާގެ ބައްޕަ އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 45 އަހަރު ވެފައިވާތީ ކަމަށެވެ. "އަހަރެން ކަޝްމީރަށް ފުރަތަމަ އައީ 1986 ވަނަ އަހަރު ބައްޕަ ކަޝްމީރަށްދައުވަތު ދިނީމަ. ކަޝްމީރަށް ދެވުމުން އަހަރެންނަށް ހީވީ ހޫނު މޫސުމުގެ ޗުއްޓީގައި ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވުނުހެން" އޭނާ ބުންޏެވެ.

ރާމް ޗަރަން މިވަގުތު އަވަދިނެތި އުޅެނީ ޝަންކަރާއި އެކު އޭނާގެ ކުރިއަށް ދެން އޮތް ފިލްމު ކަމަށްވާ ގޭމް ޗޭންޖާގެ ޝޫޓިންގަ އެވެ. ފިލްމުގެ އަންހެން ލީޑް ރޯލުން ކިއާރާ އަދްވާނީ ފެނިގެންދާއިރު މިއުޒިކް ކޮމްޕޯސަރަކީ އެސް ތަމަން އެވެ. އަދި ސްކްރިޕްޓް ލިޔެފައިވަނީ ކާރްތިކް ސުއްބާރާޖް އެވެ