ވެޓެރަން އެކްޓަރު ސާރަތު ބާބޫ، 15 ދުވަހަށް ވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމަށް ފަހު މިއަދު ވަނީ މަރުވެފަ އެވެ. ހައިދަރުއާބާދުގެ އަމިއްލަ ހޮސްޕިޓަލެއްގައި އެކްޓަރުގެ މަލްޓި އޯގަން ފެއިލްވުމުގެ ސަބަބުން ފަރުވާ ހޯދަމުން ދިޔަ އިރު އޭނާގެ އުމުރުން 71 އަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސާރަތު ބާބޫ އެންމެ ފަހު ނޭވާ ލީ އޭނާގެ މުޅި ހަށިގަނޑުގައި ސެޕްސިސް ޖެހުމާއި މަލްޓިޕަލް އޯގަން ފެއިލްވުމުގެ ސަބަބުންނެވެ.

ސާރަތު ބާބޫގެ ޕަބްލިސިސްޓް ވަނީ ޓްވިޓާގައި އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެވެ. އެ އާއިލާއިން ދަނީ ފައިނަލް ރިޓްސް އަށް އޭނާގެ ހަށިގަނޑު ޗެންނާއީއަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ފިލްމީ ދާއިރާގެ ބައެއް ސެލެބްރިޓީން ދަނީ ސޯޝަލް މީޑިއާގައި ތައުޒިޔާ ފާޅުކުރަމުންނެވެ. ކަމާލް ހާސަން، ސާރަތު ބާބޫއަށް ތައުޒިޔާ ކިޔަމުން ބުނެފައިވަނީ، "މޮޅު އެކްޓަރެއް އަދި ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސަރަތުބާބޫ ދުނިޔެ ދޫކޮށްފި. އޭނާއާއެކު އެކްޓިން ކުރި ދުވަސްތަކަކީ އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގިފައިވާ ދުވަސްތަކެއް. އަހަރެން ގުރޫނާތު ތަމަޅަ ބަހުން ތައާރަފްކޮށްދިނީ އޭނާ. އޭނާ ވަނީ އެތަށް މޮޅު ރޯލުތަކެއް އަދާކޮށްފަ އިންޑިޔަން ސިނަމާގެ ރަނގަޅު އެކްޓަރެއް ގެއްލިއްގެން އެދިޔައީ .އަހަރެންގެ ޓްރިބިއުޓް އޭނާއަށް އަބަދުވެސް ދޭނަން" ކަމަށެވެ. 

ރަޖިނީކާންތު، ކަމާލް ހަސަން އަދި ޗިރަންޖީވީ ފަދަ ސުޕަސްޓާރުންނާ އެކު ސްކްރީން ހިއްސާ ކުރުމުން އޭނާ ވަނީ އިތުރަށް މަޝްހޫރުވެފައެވެ. އޭނާ އެންމެ ގިނައިން ކޯލަބްރޭޓްކޮށްފައިވަނީ ރަޖިނީކާންތު ’90 ގެ އަހަރުތަކުގެ ބްލޮކްބަސްޓަރ ފިލްމުތަކުގައެވެ. ފަހުން އެކްޓަރު ޓީވީ ސީރިއަލްތަކަށް ޑިޓޯރ އެއް ކޮށް، އޭނާގެ ޕާފޯމަންސް އިން ރަނގަޅު އޯޑިއަންސެއް ހޯދި އެވެ. އޭނާ ވަނީ ތަމިލް ނާޑޫ އާއި އަންދްރަ ޕްރަދޭސް ގެ އެންމެ މޮޅު އެކްޓަރާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނަންދިނީ އެވޯޑް ހިމެނޭ ގޮތަށް ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އޭނާ ދާދި ފަހުން ފެނިފައިވަނީ ޕަވާން ކަލްޔަންގެ "ވަކީލް ސާބް" އިންނެވެ.