އިންޑިއާގެ އެކްޓަރު ނިތޭޝް ޕާންޑޭ ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
އޭނާ މަރުވީ ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޚަބަތުތައް ބުނެއެވެ.
ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސިލްސިލާ ޑްރާމާ "އަނޫޕަމާ" ގައި ވެސް މުހިންމު ރޯލެއް އަދާކޮށްފައިވާ އެކްޓަރ ނިތޭޝް ޕާންޑޭ ނުވަތަ ނީރަޖު ކުމާރަށް ހާޓް އެޓޭކު ޖެހުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އޭނާއަށް ހާޓް އެޓޭކު ޖެހުނީ އަނޫޕަމާގެ ޝޫޓިންގއަށް މަހާރާޝްތުރާގެ ނާޝިކްގެ އިގަތުޕޫރުގައި އުޅެނިކޮށް ކަމަށް ވެސް ޚަބަރުތައް ދަނީ ބުނަމުންނެވެ.
އުމުރުން 51 އަހަރުގައި އޭނާ މަރުވި އިރު، އޭނާގެ އަންބަކު އެބަހުއްޓެވެ.
އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި “އޯމް ޝާންތީ އޯމް”، ދަބަންގް 2” އަކީ މިހާރުވެސް މަގުބޫލު ފިލްމުތަކެވެ. އަދި ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި “އަނޫޕަމާ” ގެ އިތުރުން “އިންޑިއާވާލީ މާ” އަކީ ވެސް ތަރުހީބު ބޮޑު ސިލްސިލާތަކެވެ.
