ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށާއި، ތާރު އެޅުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 5303 މީޓަރުގެ 11 ތާރުއެޅި މަގު ތަރައްޤީ ކުރެވޭނެ އެވެ. އަދި 25،909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމާއި، 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 11،113.80 އަކަ މީޓަރުގެ ސަރަހައްދެއްގައި ފުޓްޕާތް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 71.90 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
