ހޮލީވުޑްގެ އެކްޓަރު ޓޮމް ހެންކްސް އަކީ މިހާރު ހާވާޑް ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ! އުމުރުން 66 އަހަރުގެ އެކްޓަރަށް ވަނީ ހާވާޑް ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓް އޮފް އާޓްސް ޑިގްރީއެއް ދީފަ އެވެ. ބުރާސްފަތި ދުވަހު ފޮރެސްޓް ގަމްޕްގެ އެކްޓަރު ވަނީ މެސެޗުސެޓްސްގެ ކެމްބްރިޖްގައި ގްރެޖުއޭޓްވަމުން އަންނަ ދަރިވަރުންނަށް ކޮމެންސްމަންޓް ސްޕީޗް ދެއްވުމަށް މަޝްހޫރު ޔުނިވާސިޓީއަށް ހާޒިރުވެފަ އެވެ.
އެކްޓަރ-ޑައިރެކްޓަރ-ރައިޓަރ-ޕްރޮޑިއުސަރު އޭނާގެ ކޮ ސްޕީޗްގައި އެމެރިކާގެ ސުޕަހީރޯ އޯބްސެސްޑް ސަގާފަތުގެ މިސާލުތައް ބޭނުންކުރިއެވެ. އޭނާ ބުނީ "ސުޕަމޭނެއް ނެތް، އަދި އޭނާގެ ޖަސްޓިސް ލީގުގައި އެހެން މީހަކު ވެސް ނެތް" ކަމަށެވެ.އޭނާ ވަނީ 2023 ވަނަ އަހަރުގެ ކްލާހުގެ މެމްބަރުންނަށް "އަހަރެމެންގެ ވައުދުވެފައިވާ ބިމުގެ ވައުދު" ފުއްދުމަށް އިލްތިމާސްކޮށް، ހަގީގަތް މަރާ، ހަމަހަމަކަމުގެ މަސައްކަތަށް ނުރައްކާވާ، އަދި ދޮގާއި ޖާހިލުކަމާއި ތަހައްމަލު ނުކުރެވޭ ކަންކަމަށް ވުރެ ގޯސް ފަރުވާކުޑަކަމާ މެދު އިންޒާރު ދެއްވާފަ އެވެ.
ދަ ހާވަޑް ގެޒެޓް އިން ބުނާ ގޮތުގައި އޮސްކާ ހާސިލްކުރި އެކްޓަރަކީ ބުރާސްފަތި ދުވަހު ހާވާޑް ޔާޑްގެ ޓާސެންޓެނަރީ ތިއޭޓަރުގައި ބޭއްވި ހާވާޑްގެ 372 ވަނަ ކޮމެންސްމަންޓްގެ ޕްރިންސިޕަލް ސްޕީކަރެވެ.
ޔުނިވާސިޓީގެ ފަރާތުން ވަނީ 2000 ވަނަ އަހަރު އޭނާގެ ފިލްމު ކާސްޓް އެވޭގައި ފެނިގެންދިޔަ ވިލަސަން ވޮލީ ބޯޅަ ގޮތަށް ތައްޔާރުކޯސްފައިވާ ހާވާޑް ބްރޭންޑްގެ ވޮލީބޯޅައެއް ހަދިޔާކޯށްފައެވެ.
