ބޮލުގެ އިސްތަށިގަނޑުގައި އަޅާ އުކުނަކީ އެކެއްގެ ފަރާތުން އަނެކެއްގެ ބޮލަށް ފޯރާ އެއްޗެއްގެ އިތުރުން ވަރަށް އަވަހަށް އޭގެ އާބާދީ އިތުރުވާ ސުއިއްޕެކެވެ. އާންމުކޮށް ސްކޫލް މާހައުލުން ކުދިންގެ ބޮލަށް އުކުނު އެރުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ ޝަކުވާއެކެވެ.
އުކުނު ނުވަތަ ލީގެ މައްސަލައަކީ އަބަދުވެސް ބެލެނިވެރިންގެ ހާސްވުމެއް އޮންނަ މައްސަލައެކެވެ. ކުދިންގެ ބޮލުގައި އުކުނު އެޅުމަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ދެގުނަ ބުރަ މަސައްކަތަކަށް ވާކަމެކެވެ. ރާއްޖޭގަ އުކުނު، ލީ އެޅުމަށް މާބޮޑު ހައްލެއް ނުވަތަ އިތުރު އާފަރުވާތަކެއް މިވީހާތަނަކަށް ނުހުރެއެވެ. އުކުނު ޝޭމްޕޫން ރަނގަޅަށް ދޮވެފަ، ހިއްކުމަށްފަހު އުކުނު ސްޕްރޭ ޖަހައި، ދަތްކުދި ފުނާ އަޅައި ސާފުކުރުން ފަދަ ކަންކަން ކުރެއެވެ. މީގެއިތުރުން ބައެއް މީހުން ކުރަފި މަދިރި ފަދަ ތަކެތި މަރަން ބޭނުންކުރާ ބޮބް ސްޕްރޭ ނޫނީ ޝެލްޓޮކްސް ފަދަ ތަކެތި ވެސް ބޮލަށް ސްޕްރޭ ކުރެއެވެ. މިއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ރޮކްޕޭޕަރ ސިޒަރސް އިން ފާހަކަ ކުރެއެވެ. ނަމަވެސް މިފަދަ ގޮތްގޮތުން އުކުނު ސާފުކުރުން ގިނަ ވަގުތު ނެގުމާ، ބާރުގަދަ ބޭސް ކުދިންގެ ބޮލުގަ ބޭނުންކުރަން ޖެހުމާއި އުކުނު ލީ ރަނގަޅަށް ނައްތާނުލެވުން ފަދަ ކަންކަން ކުރިމަތިވެއެވެ. އުކުނު މާގިނަވެއްޖެނަމަ ސިއްހީ މައްސަލަވެސް ކުރިމަތިވެއެވެ. ބޯމާގަދައަށް ކެހުމާއި ބޮލުގެ ތަންތަން ހަލާކުވެ އިސްތަށި ފައިބާ އުކުނު ބޮލުން ލޭބުއިންފަދަ ހާލަތްތައްވެސް މެދުވެރިވެއެވެ.
މި ހުރިހާ ކަމަކަށް ހައްލު ގެނެސްދޭން ރޮކް ޕޭޕެރ ސިޒަރސް ސެލޫންއިން މިވަނީ ރާއްޖެއަށް މިހާތަނަށް އެއްވެސް ތަނަކުން ތައާރަފް ނުކުރާ ކާމިޔާބް އުކުނު ނައްތާލާ ފަރުވާ އެއް ގެނެސްދީފައެވެ. އިސްތަށިގަނޑުގެ ބޯމިނާއި ދިގުމިނަށް ބަލާފައި މަރުހަލާ ތަކަކަށް ބަހާލެވިގެން ގެނެސްދެވޭ މިފަރުވާ އެއްސެޝަނުންވެސް ބައެއް ފަރާތްތަކުގެ ބޯ އުކުނާއި ލީން ސަލާމަތް ކުރެވެއެވެ. އުކުނާއި ލީ ސާފުކުރުމަށްފަހު ސެލޫންއިންދޭ މިކަމަށް ހާއްސަ ޕްރޮޑަކްޓްތައް ހަފްތާއެއް ވަންދެން އާފްޓަރ ކެއަރގެ ގޮތުގައި ބޭނުންކުރުމުން އުކުނުގެ މައްސަލަ ހައްލުވީއެވެ. ވަރަށް ހާލަތުގޯސް އިސްތަށިގަނޑުތަކުން 2 ނުވަތަ 3 ސެޝަނުން އުކުނު އެކީގައި ފިލުވާލެވޭނެ ކަމުގެ ޔަޤީންކަން ރޮކްޕޭޕަރ ސިޒަރސް އިން ދެއެވެ. އިސްތަށިގަނޑުގެ ހާލަތާއި ދިގުމިނާއި ބޯމިނަށް ބަލާފައި މިހިދުމަތުގެ ސެޝަންއަކަށް 2 ގަޑިއިރާއި 4 ގަޑިއިރު ހޭދަވާނެކަމަށް ލަފާކުރެވެއެވެ.ފުރަތަނަ ސެޝަންއިން އެއްކޮށް އުކުނު ނައްތާލެވިދާނެ ކަމުގެ ޔަގީންކަން ސެލޫން އިން ދެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ސެޝަން ނެންގެވުމަށްފަހު 7-10 ދުވަސްތެރޭގައި އުކުނު ނުވަތަ ލީ އަލުން ފެނިއްޖެނަމަ ފޮލޯއަޕް ދޭނެކަމުގެ ޔަގީންކަން ސެލޫންއިން ވަނީ ދީފައެެވެ.
މި ސެލޫންއިން އުކުނާއި ލީނައްތާލުމަށް ބޭނުންކުރާނީ ފާމަޝޫޓިކަލް ގްރޭޑްގެ ޕްރޮޑަކްޓެވެ. އަދި އޭގެއިތުރުން ލީއަދި އުކުނު ނައްތާލުމަށް ޚާއްސަ ފުނަލާއި މެޝިން ބޭނުންކުރެވޭނެއެވެ. ކޮންމެ ބޭފުޅެއްގެ އިސްތަށިގަނޑު ސާފުކުރުމަށްފަހު ސެލޫނުން ނުކުތުމުގެ ކުރިން ފަހުން ކަންކުރަންވީ ގޮތުގެ ޚާއްސަ އިރުޝާދުތަކާއި ބޭނުންކުރާނެ ޕްރޮޑަކްޓް ފޯރުކޮށްދިނުމުން ސެލޫންގެ އިރުޝާދުތަކަށް ތަބާވެ ރަނގަޅަށް ބުނާގޮތަށް ކަންކުރެވިއްޖެނަމަ އިސްތަށިގަނޑު އެކީގައި ސާފުވާނެކަން ސެލޫންއިން ކަށަަވަރުކޮށްދެއެވެ.
މި ޓްރީޓްމަންޓް ފެށުމުގެ ކުރިން ބޮލުގެ ހާލަތު ދެނެގަތުމަށް ހިލޭ ކޮންސަލްޓޭޝަން ހެދޭނެއެވެ. މި ހިދުމަތްދޭން ތިބާ ހުރިހާ ސްޓައިލިސްޓުންނަކީ މިހިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަަ ތަމްރީންތައް ލިބިފައިވާ މުވައްޒަފުންނެވެ. މީގެއިތުރުން ފަރުވާ އަށް ބޭނުންކުރާ ހުރިހާ ވަސީލަތްތަކާއި ސެލޫންއަކީ ސާފްތާހިރު ކަމުގެ މިންގަނދުތަކަށް ފެތޭ ޖަރާސީމް ނައްތާލުމަށް ސްޓެރެލައިޒް ކުރެވިފައިވާ ތަކެއްޗެވެ.
ރޮކްޕޭޕަރ ސިޒަރސް ސެލޫންއިން މައުލޫމާތު ދޭގޮތުގައި އުކުނު އެޅުމާއި ފެތުރުމުން ސަލާމަތްވުމަށް ގަވާއިދުން ބޯދޮވުމާއި ، އިސްތަށިގަނޑު ހިއްކާފަ ބެހެއްޓުމަށާއި ، ތެތްކޮށް އިސްތަށިގަނޑު ބަހައްޓައިގެން ހިޖާބް ބޭނުން ނުކުރުން މުހިއްމެވެ. މީގެއިތުރުން އުކުނު އަޅާ މައިގަނޑު މަސްދަރު ދެނެގަނެ އެމީހުންނަށް ފަރުވާ ހޯދުން ރަނގަޅެވެ. އަދި ބެޑްޝީޓް އާޢި ތުވާލި ފަދަ އިސްތަށިގަނޑާއި ގުޅޭ ތަކެތި ގަވާއިދުން ބަދަލުކޮށް ދޮންނަން ޖެހެއެވެ.
ރޮކްޕޭޕަރ ސިޒަރސް އިން މިކަމުން ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ބިއުޓީޝަނުންނާއި ސްޓައިލިސްޓުން މެެދުވެރިކޮށް މިހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވަނީ އުކުނު ނައްތާލުމަށް އެހީތެރިވުމަށާއި މިއީ މުޖުތަމައުއަށް ބޭނުންތެރި ހިދުމަތަކަށް ވާތީއެވެ. ވަގުތުނެތި އެންމެން ބިޒީ ޝެޑިއުލެއްގައި އުޅޭއިރު އަމިއްލައަށް މިކަމަށް ގިނަފަހަރު ވަގުތު ނުދެވޭތީ މިއީ މުޖުތަމައުއަށް ވަރަށް މުހިންމު ހިދުމަތެކެވެ. އަދި މިއީ ރާއްޖޭގަ މިފަރުވާ ފޯރުކޮށްދޭ ފުރަތަމަ ސެލޫންކަންވެސް އުފަލާއެކު މިސެލޫންއިން ވަނީ ފާހަގަ ކޮށްފައެވެ.
ރޮކްޕޭޕާ ސިޒަރސް ސެލޫނުން އުކުނުގެ ފަރުވާގެ އިތުރުން ޒީނަތްތެރިވުމުގެ ތަފާތު އެކި ފަރުވާ ދެމުންގެންދެއެވެ. އޭގެ ތެރޭގައި އިސްތަށި ފޭބުމުގެ މައްސަލަ ހައްލުކޮށްދީ ފަރުވާ ދިނުމާއި، އިސްތަށިގަނޑު ހިކުމުގެ މައްސަލަަތައް ހައްލުކުރުމާއި ، އިސްތަށިގަނޑުގައި ކުލަޖެއްސުމާއި ، އިސްތަށިގަނޑު ފަންކުރުމައި ބުޅިކުރުމުގެ ހިދުމަތާއި ، ބޯކޮށުމާއި ސްޓައިލްކުރުމުގެ އިތުރުން ފޭޝަލްއާއި މޫނު ސާފުކޮށްދޭ އެކި ކަހަލަ ޓްރީޓްމަންޓާއި ތަފާތު ގިނަ އެހެނިހެން ޒީނަތްތެރިވުމުގެ ހިދުމަތްތައް ލިބެއެވެ.
ސެލޫންގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ނުވަތަ މައުލޫމާތު ސާފުކުރުމަށް 9966637 ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ސެލޫންގެ ހިދުމަތްތަކާއި އެހެނިހެން ޕްރޮމޯޝަންތަކުގެ މައުލޫމާތު ތަކަށް ތިރީގައިމިވާ އިންސްޓަގްރާމް ލިންކް ފޮލޯ ކުރައްވާ ފޭސްބުކްއިން ލައިކް ދެއްވާށެވެ.
ރޮކް ޕޭޕަރ ސިޒަރސް ފޭސްބުކް ޕޭޖް
ރޮކް ޕޭޕަރ ސިޒަރސް އިންސްޓަގްރާމް ޕޭޖް
