ބިލިއަނަރުންގެ އާއިލާއެއްގެ ގޮތުގައި އަމްބާނީ އަންހެނުންނަށް އިޙްތިރާމް ކުރެވެނީ އެމީހުންގެ މަސައްކަތުގެ ވިޔަފާރީގެ ވިސްނުންތަކުގެ ސަބަބުން، އެކަމަކު ލަގްޒަރީ ޚަރަދުކުރުމުގެ އާދަތަކުގެ ސަބަބުން ވެސް މަޝްހޫރުވެފައިވެއެވެ. އެމީހުންގެ ޑިޒައިނަރ ދަބަސްތަކުން ފެށިގެން ނިމުމެއް ނެތް މިންވަރަކަށް ބޫޓާއި އަގުބޮޑު ހެދުންތަކާއި ހަމައަށް ނީތާ، ޝްލޮކާ، އިޝާ އަދި ކޮކިލަބެން އަކީ މި ފަޚުރުވެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް އާ ބައެއް ނޫނެވެ.

އިޝާ އަމްބާނީގެ ކައިވެނި ހަފްލާއަށް އިންޑިއާއިން ޑިޒައިނަރެއް ހޯދުމުގެ ބަދަލުގައި  އޭނާ ހޮވީ ބައިނަލްއަގްވާމީ ގޮތުން މަޝްހޫރު ރެޑް ކާޕެޓް ގައުންތަކުގެ ތެރެއިން ހަނދާން އާވާ ބައެއް ގައުންތައް އުފެއްދުމަށް މަޝްހޫރު އިޓަލީގެ ޑިޒައިނަރު ވެލެންޓިނޯ އެވެ. މިއީ މިފެޝަން ހައުސް އިން މިހާތަނަށް ޑިޒައިންކުރި އެންމެ ފުރަތަމަ ލެހެންގާއެވެ.

ކަސްޓަމައިޒް ކޮށްފައިވާ ލެހެންގާ އެކްސެސަރައިޒް ކޮށްފައިވަނީ ސްޓޭޓްމަންޓް ޖަވާހިރުންނެވެ. އަމްބާނީމެންގޭ ހުރިހާ އަންހެންވެރިންގެ ތެރެއިންވެސް ވެލެންޓިނޯގެ ޑިޒައިން ތަކަށް އެންމެ ބޮޑު ލޯތްބެއް އޮންނަނީ އިޝާ އަމްބާނީއެވެ.

އޭޕްރީލް 1، 2023 ގައި އަމްބާނީ އާއިލާއިން ވަނީ ނީތާ މުކޭޝް އަމްބާނީ ސަގާފީ މަރުކަޒު ހުޅުވުމުގެ މުނާސަބަތުގައި ބޮޑު ހަފްލާއެއް ބާއްވާފައެވެ. އެންއެމްއޭސީސީ ލޯންޗް ކުރުމުގެ  2 ވަނަދުވަހުގައި ނީތާ އަމްބާނީ ލައިގެން ހުރީ ވެލެންޓިނޯގެ ރަންކުލައިގެ ގައުނެކެވެ.

ދިރުބާއީ އަމްބާނީގެ އަނބިކަނބަލުން ކޮކީލާބެން އަމްބާނީ އަކީ ވިޔަފާރީގައި އެންމެ ނުފޫޒުގަދަ އެއް ބޭފުޅެވެ. އެއީ އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ މަންމައެވެ. ނަމަވެސް އުމުރުން 88 އަހަރުގެ ކޮކީލާއަކީވެސް ފެޝަން އަށް ލޯބިކުރާ މީހެެކެވެ. ނީތާ އިން ފެށިގެން އީޝާއާ ހަމައަށް އަމްބާނީ އަންހެނުންނަކީ ވަކި ފެޝަން ސެންސްއެއް ލިބިފައިވާ ބައެއްގެ ގޮތުގައި މަޝްހޫރު އަންހެނުން ކަމަށާއި ކޮކިލާބެން އަމްބާނީ ވެސް މިކަމުން އިސްތިސްނާއެއް ނުވެ އެވެ.

އެއްފަހަރަކު ކޮކިލާބެން ފެނިގެންދިޔައީ ލައިމް ގްރީން ސާރީއެއްގައި ކަމަށާއި ވެލެންޓިނޯގެ ރޮކް ސްޓަޑްސް ޖަހާފައިވާ ލައިމް ގްރީން ޓޯޓް ބެގެއް ހިފައިގެން މި ދަބަހުގެ އަގު 167،000ރ. އިންޑިއަން ރުޕީޒް އަށް އަރައެވެ.