"ކުޗްކުޗް ހޯތާހޭ" ފަދަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި އެކީގައި ގިނަ މަސަތްކަތްތަކެއް ކޮށްފައިވާ ރާނީ މުކަރްޖީ, ޝާޙްރުކް އަދި ކަރަން ޖޯހަރްގެ އެކުވެރިކަމަކީ ޒަމާންވީ ގާތް އެކުވެރިކަމެކެވެ.

ެިއިންޑިއަން އައިޑޮލްގެ 13 ވަނަ ސީޒަންގައި ވާހަކަ ދައްކަމުން ރާނީ ބުނެފައިވަނީ ފިލްމު "ކުޗްކުޗް ހޯތާހޭ" އަށް ފަހު އުފެދުނު މިގުޅުމަކީ ވަރަށް ޙާއްސަ ގުޅުމެއްކަމަށެވެ.

ރާނީ ބުނީ، 27 އަހަރުފަހުން ވެސް މެންދަމު 3 ޖަހާއިރު އެހީއެއްބޭނުންވެެގެން ގުޅިނަމަވެސް އެއްވެސް ޖެހިލުމެއް، ބަހަނާއެއްނެތި އެސްއާރްކޭ އަދި ކަރަންވެސް އޭނާ އަށް އެހީވާން އަންނާނެކަމަށެވެ.

"ކުޗްކުޗްހޯތާހޭ" ގެ އިތުރުން "ކަބީ އަލްވިދަނާ ކެހެނާ" އާއި "ކަބީ ޚުޝީ ކަބީ ގަމް" ފަދަ ފިލްމުތަކުގައި މި ފަންނާނުން ވަނީ އެކުގައި މަސައްކަތް ކޮށްފައެވެ.

ރާނީގެ އެންމެފަހުން ރިލީޒްކުރެވުނު ފިލްމަކީ "މިސީޒް ޗެޓާޖީ ވާސަސް ނޯވޭ" އެވެ.