ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި އަހަރު މުޅިން އަލަށް ފަށާ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ވެސް ކުޅޭނީ މާލޭ ކެރަމް ހޯލްގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ސީއޭއެމް އިން ބުނެއެވެ.

އަދި މި ފަހަރުގެ މުބާރާތުގައި އޯޕަން ސިންގަލްސް އާއި އޯޕަން ޑަބަލްސް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސީއޭއެމް އިން ވަނީ ބުނެފައެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ، 1 ވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭނީ އުމުރުން 40 އަހަރުން މަތީގެ ބޭފުޅުންނަށް ކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ އެސޯސިއޭޝަންގެ އިދާރާ (ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލް) އިން ލިބެން ހުންނާނެ ކަމަށެވެ.