“އޯލް އޮފް ދަ ލައިޓްސް” ގެ ރެޕަރ ކާންޔޭ ވެސްޓް، އޭނާގެ ދެ ކުދިން ކަމަށްވާ އަންހެން ދަރިފުޅު ނޯތު އާއި ދަރިފުޅު ސެއިންޓް އާއި އެކު އާދަޔާ ހިލާފު ސްޓައިލްއެއްގައި ބޭރަށް ނުކުމެ އުޅެނިކޮށް ފެނިއްޖެއެވެ. ތަފާތު ފެޝަން ތަކަށް ޝައުގުވެރިވާ ކާންޔޭ މިފަހަރު ހުރީ ބޮޑު ޝޯލްޑަރ ޕެޑްއް އަދި ސްޓާކީންއެއް ހެން ހީވާ ބޫޓަކަށް އަރައިގެނެވެ. 

އުމުރުން 45 އަހަރުގެ ޔޭ ހުކުރު ދުވަހު ދަރިންނާ އެކު ލޮސް އެންޖެލިސްގެ ގްރިފިތު ޕާކް އޮބްޒަވޭޓަރީއަށް ދިޔައިރު ލައިގެން ހުރީ ކަޅު ޓީޝާޓަކާއި އޭގެ ދަށުގައި ބޮޑު ޝޯލްޑަރ ޕެޑްސް އާއި ކަޅު ކުލައިގެ ހައި ވޯޓާ ޕޭންޓްއަކާއި ސޮކްސް ޝޫޒްއެކެވެ. 

އޭނާގެ ޓީޝާޓްގެ ކުރިމަތީގައި “ޕޮލިޒެއި”ލިއެއްފައި އޮތެވެ. އެއީ ޖަރުމަނު ބަހުން “ފުލުސް” އަށް ކިޔާ ލަފުޒެވެ.

އޭނާގެ ދަރިފުޅު އުމުރުން 9 އަހަރުގެ ނޯތު ހުރީ ކެޝުއަލްކޮށް ހެދުން އަޅައިގެން ކަޅުކުލައިގެ އަތް ދިގު ގަމީހަކާއި ކާންޔޭގެ ޔީޒީ ސްނީކަރސް އަކަށް އަރައިގެންނެވެ.

ވެސްޓް އޭނާގެ ޝޯލްޑަރ ޕެޑް ލޫކް މި ހަފްތާގެ ކުރީކޮޅު ތައާރަފްކުރިއިރު، އޭނާގެ “އަނބިމީހާ” ބިއަންކާ ސެންސޯރީއާއެކު އޭނާ ފެނިގެންދިޔައީވެސް ހަމަ އެފަދަ ބޮޑު ޝޯލްޑަރ ޕެޑެއް ލައްވައިގެން ހުއްޓައެވެ.