ކަރޓް ކޯބެއިންގެ ކަޅުކުލައިގެ ފެންޑަރ ސްޓްރެޓޯކާސްޓަރަކީ  ކޫރުތަކާއި ހަލާކުވެފައިވާ ލަކުޑިތަކުން ފުރިފައިވާ ގިޓައެކެވެ. ކޯބެއިން އާއި އޭނާގެ ކުރީގެ ބޭންޑް ނިރްވާނާގެ ނަންވެސް ލިއެފައިވަނީ ނުބައިކޮންނެވެ.އަދި މީގެ ކުރިން ފުނޑުކޮށްލާފައި އަލުން ހަދާފައިވާ މިގިޓައަކީ މިހާރު އެއްވެސް ވަރަކަށް ބޭނުން ކުރެވޭ ގިތައެއްނޫނެވެ.

އެކަމަކު ޖޫލިއަންސް އޮކްޝަންސްގައި ހަލާކުވެފައިވާގިޓާ ވިއްކާލީ 596،000 ޑޮލަރަށް - ފުރަތަމަ އަގަށް ވުރެ ގާތްގަނޑަކަށް 10 ގުނަ ބޮޑު އަގަކަށެވެ.

"ކަރޓް ކޯބެއިން ނުވަތަ ނިރްވާނާގެ ތަކެތި ލިބުން ދަތިވަމުންދާއިރު އެއީ ހުރިހާ ރޮކް ބޭންޑެއްގެ ވެސް ކަލެކްޓެބިލިޓީގެ ގޮތުން އެންމެ މަތީ އެއް ބޭންޑް،" ޖޫލިއަންސް އޮކްޝަންސްގެ ސީއީއޯ ޑެރެން ޖޫލިއަން އެންޕީއާރު އަށް ވިދާޅުވި އެވެ.

ކޯބެއިން އަކީ އޭނާގެ ކެރިއަރުގައި ގިނަ ފެންޑަރ ސްޓްރެޓޯކާސްޓަރެއް ހަލާކުކޯށް ފުނޑުފުނޑު ކޮށްލާފައިވާ މީހެއްކަން އެނގެއެވެ. މިގިޓާ ފަޅައިގެން ދިޔައީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ކޯބެއިން އާއި އޭނާގެ ބޭންޑުން އެމީހުންގެ ލޭންޑްމާކް އަލްބަމް ނެވަރމައިންޑް ގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެންމެ ފަހުން މި ގިޓާ މަރާމާތުކޮށް އޭނާގެ އެކުވެރިޔާ އަދި މިއުޒިކަލް ކޯލަބަރޭޓަރު ސްކްރީމިން ޓްރީސްގެ މާކް ލަނޭގަން އަށް ހަދިޔާ ކުރި އެވެ.

"ހެލް-އޯ މާކް! ލަވް، ޔޯ ޕެލް، ކަރޑްޓް ކޮބެއިން / ވޮޝްޑް އަޕް ރޮކްސްޓާ،" ގިޓާގެ ބޮޑީގައި ސިލްވަރ މާކެރެއްގައި ކޮބެއިން ލިޔެފައިވެ އެވެ. ނިރްވާނާގެ މެމްބަރުން ކަމަށްވާ ކްރިސްޓް ނޮވޮސެލިކް އާއި ޑޭވް ގްރޯލް ވެސް ވަނީ އެމީހުންގެ ނަންތަކުގައި ސޮއިކޮށްފަ އެވެ.

"މި އާޓިފަކްޓަކީ ވަކިން ހާއްސަ އެއްޗެއް،" ޖޫލިއަން ބުންޏެވެ.

ފެންޑާ ސްޓްރެޓޯކާސްޓާގައި ހުރި އެހެން އައިކޮނިކް ރެފަރެންސްތަކަކީ ކޮބެއިންގެ ކުޑައިރުގެ ޚިޔާލީ އެކުވެރިޔާއަށް އިޝާރާތްކުރާ ލިޔުންތައް މިގިޓާގައި ހުރެއެވެ.