ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)، ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް ، ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި، ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް އަދި ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ، އަޙްމަދު މުޙައްމަދު، ގ. އުފާ އަދި ޢަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް، ހަމަޖައްސާފައެވެ.