ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހޚާންއާ ހިއްސާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރެއްވީ މިއަދު ކަމަށެވެ.
ފޯނުން ކުރެއްވި މަޝްވަރާގައި ދެގައުމުގައިވެސް މި ބަލިމަޑުކަމާއި ގުޅޭތުން އަޅުމުންގެންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށްވެސް ރައީސް ސޯލިޙުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ވަނީ 5،041 މީހުން ޕޮޒިޓިވް ވެފައެވެ.
މީގެތެރެއިން 2218 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، 140 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2،804 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން 19 މީހަކު މިހާތަނަށް ނިޔާވެފައެވެ.
