ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ތ. ވިލުފުށީގައި ބާއްވައިފިއެވެ.
ވިލުފުށީގައި ރެފްރީން ތަމްރީން ކުރުމަށް ބޭއްވި މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މި ޖޫން މަހުގެ 1 އިން 3 ގެ ނިޔަލަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައިދެއްވީ ރެފްރީ ސަލީމް އެވެ.
މިއީ ރާއްޖޭގައި ބައިބަލާ ރެފްރީން ތަމްރީންކުރުމަށް ބޭއްވުނު ފުރަތަމަ ޓްރެއިނިންގ ޕްރޮގްރާމެވެ.
