މިއަހަރު ރާއްޖެއިން ހައްޖާއި އުމުރާއަށް ދާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

އެ ބޭންކުން ބުނީ ޖޫން 19 ވަނަ ދުވަހާއި ހަމައަށް ޑޮލަރު ދޫކުރުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި ހޮނިހިރު ދުވަހު ވެސް އެ ފަރާތްތަކަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ހައްޖާއި އުމުރާއަށް ފުރާ ފަރާތްތަކަށް ބީއެމްއެލްއިން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު މާލޭގެ ކޮންމެ ބްރާންޗަކުން ވެސް 12:00 އިން 14:00 އަށެވެ. އަދި ހޮނިހިރު ދުވަހު ޑޮލަރު ދޫކުރާނީ ހެނދުނު 9:00 ން މެންދުރު 1 ޖަހަންދެން ބީއެމްއެލް އިސްލާމިކް ބްރާންޗާއި މެއިން ބްރާންޗުން ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލްއިން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިއުބީ މެދުވެރިކޮށް ނަމްބަރު ނަގައިގެން ކަމަށާއި ހައްޖާއި އުމުރާއަށް ފުރާ މީހުންގެ ތެރެއިން ކޮންމެ މީހަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން 500 ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ސައުދީ ސަރުކާރުން ހަމަޖައްސާދީފައިވަނީ 1000 ކޯޓާއެވެ. ހައްޖަށް ދާ މީހުންނެވެ.