ބޮލީވުޑްގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރު ، ޓީ ކީރްތީ ސުރޭޝްއަށް ތައުރީފުކޮށްފި އެވެ. ބޮނީ ކަޕޫރު ބުނީ ކީރްތީ އަކީ އޭނާގެ އަންހެނުން އަދި ބަތަލާ ސްރީދޭވީއަށް ފަހު އެންމެ ރީތި އަދި އެންމެ ހުނަރުވެރި ބަތަލާ ކަމަށެވެ. މިކަން ހާމަކޮށްފައިވަނީ ކީރްތީ ސުރޭޝް ލީޑް ރޯލުން ފެނިގެންދާ ފިލްމު "މަމަންނާން" ގެ އޯޑިއޯ ލޯންޗް ކުރުމުންނެވެ.
‘މަމަންނާން’ އަކީ ކީރްތީ ސުރޭޝް އާއި އުދަޔަނިދީ ސްޓާލިން ލީޑް ރޯލުން ފެނިގެންދާ މާރީ ސެލްވާރާޖް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ފަހާދު ފާޒެވެ. އެކްޓަރު ވަޑިވެލޫ ވެސް ކުޅެނީ ވަރުގަދަ ކެރެކްޓާއެކެވެ.މިފިލްމަށް މިއުޒިކް ތައްޔާރުކޮށްފައިވަނީ އޭ.އާރް. ރަހުމާން އެވެ. ސިނަމެޓޮގްރަފީ ތެނީ އެޝްވާރެވެ.
ޖޫން 2 އަކީ ސްރީދޭވީ އާއި ބޮނީ ކަޕޫރުގެ ކައިވެނީގެ 27 ވަނަ އަހަރީ ދުވަހެވެ. ބޮނީ ކަޕޫރު އެ ހަފްލާއަށް އައީ އެމީހުންގެ ކައިވެނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސްރީދޭވީއާ އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް ހިއްސާކުރަމުންނެވެ.
ބަތަލާ ސްރީދޭވީގެ މަރާއި ގުޅިގެން އިންޑިއާގެ ފިލްމީ ދުނިޔެ ސިއްސައިގެން ދިޔައެވެ. ފެބްރުއަރީ 24، 2018 ގައި ބަތަލާ މަރުވެފައި އޮއްވާ ފެނުނީ ދުބާއީގެ ހޮޓަލުގެ ކޮޓަރިންނެވެ. މަރުވުމުގެ ސަބަބަކީ ހާޓް އެޓޭކެވެ. ސްރީދޭވީ އާއި އޭނާގެ އާއިލާ ދުބާއީއަށް ދިޔައީ އޭނާގެ ގާތްތިމާގެ މީހެއްގެ ކައިވެނީގައި ބައިވެރިވުމަށެވެ
ޕްރޮޑިއުސަރު ސުރޭޝް ކުމާރާއި ބަތަލާ މެނާކާގެ ދަރި ކީރްތީ ފިލްމީ ދުނިޔެއަށް އައީ ޗައިލްޑް ސްޓާރެއްގެ ގޮތުގަ އެވެ. މަލަޔާލަމް ފިލްތައް މެދުވެރިކޮށް ފިލްމީ ދާއިރާއަށް ތައާރަފްވި ނަމަވެސް، ޓެލަގޫ އަދި ތަމަޅަ ފިލްމުތަކުގެ ސަމާލުކަން ވެސް ދަނީ ހޯދަމުންނެވެ
