ޓޭލާ ސްވިފްޓްގެ ސަޕޯޓަރުން އެމީހުންގެ ލޯބިވާ ޕޮޕް ސްޓާގެ ލައިވް ޕާފޯމަންސްތައް ބެލުމުގެ ކޮންމެ ހިނދުކޮޅެއްގެ މީރުކަން ހޯދުމަށް އަޒުމް ކަނޑައަޅާފައި އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

 ޓޭލަރ ސްވިފްޓްއަަށް ޚާއްސަކޮށް ވަފާތެރި ސްވިފްޓީސްގެ ގްރޫޕަކުން ފަޚުރުވެރިކަމާއެކު އިއުލާން ކޮށްފައިވަނީ އެއްވެސް މެދުކެނޑުމެއް ނެތި އޭނާގެ ކޮންސެޓްބެލުމަށް، ބޮޑެތި މީހުންގެ ޑައިޕަރު ލައިގެން ޝޯބަލަން ތިބޭނެކަމަށެވެ.

މި ޚާއްސަ ސަޕޯޓަރުން ސާބިތުކޮށްދެނީ ސްވިފްޓްގެ އިރާސް ޓުއާގައި ޑައިޕަރޖަހައިގެން، ދިގު ފާޚާނާ ލައިންތަކުގައި ކިއު ހެދުމުގެ އުނދަގުލުން ސަލާމަތްވެ، ޝޯގެ ގޮނޑިތައް ދޫކޮށްލުމެއް ނެތި، ހަށިގަނޑުގެ ބޭނުންތައް އެއްވެސް ދަތިކަމެއް ނެތި ފުއްދައިދެވޭނެ ކަމަށެވެ.

މިފަދަ ދައުވާތަކުގެ ހޫނު ތަނަކަށް ޓިކްޓޮކް ޕްލެޓްފޯމް ވެފައިވާއިރު، ޓޭލާ ސްވިފްޓްގެ ޝޯބަލަންދާ އޭނާގެ ފޭނުން ނެޕީ ނުވަތަ ޑައެޕަރ ޖަހައިގެން ދާނެކަމަށްވަނީ އިއުލާންކޮށްފައެވެ

މިހާރު ޕްރައިވެޓް ވީޑިއޯއެއް ކަމަށްވާ ގިނަ ބަޔަކު ހިއްސާކުރި ޓިކްޓޮކް  ވީޑިއޯއިން ފެންނަނީ ސްވިފްޓްގެ މަޝްހޫރު ސްޕީކް ނައު ވޯލްޑް ޓުއާ އެންސެމްބަލްއަށް ރަން ކުލައިގެ ހެދުމެއްލައިގެން ނެޕީ ޖަހައިގެން ހުރި އަންހެނެކެވެ.

އެވީޑިއޯގައި ނެޕީ ފޮރުވަން އޭނާގެ އެކުވެރިއަކު މަސައްކަތް ކުރާއިރު އެބްރޭންޑްގެ ނެޕީގެ ރަނގަޅުކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ޓިކްޓޮކްގެ އެހެން ޕޯސްޓެއްގައި ފޭނަކު ވަނީ އެމެޒޯން އިން ލިބެން ހުންނަ ބޮޑެތި މީހުންގެ ޑައިޕަރ ބްރޭންޑެއްގެ ސްކްރީންޝޮޓްތައް ހިއްސާކޮށް، ޓެކްސަސްގެ ހުސްޓަންގައި ދަ އިރާސް ޓުއާގައި ޑައިޕަރެއް ޖަހައިގެން އުޅެން ނިންމިކަން ކިޔައިދީފައެވެ.