އެސްޓީއޯ އިން ކުރިއަށް ގެންދާ "މަގޭހިޔާ" ޕްރޮމޯޝަން ފަށައިފިއެވެ.
ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެ ކުންފުނިން ކޮންމެއަހަރަކު ވެސް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިންގ މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މިއަހަރުގެ ޕްރޮމޯޝަން މި މަހުގެ 1 ވަނަ ދުވަހު ފެށިގެން ކުރިއަށްދާއިރު، މި ޕްރޮމޯޝަން މިއަހަރު ވެސް ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.
މި ޕްރޮމޯޝަންގައި 15،000ރ. އިން ފެށިގެން 25،000ރ. އާ ދެމެދުގެ މުދަލުން 12 އިންސައްތައިގެ ޑިސްކައުންޓެއް ދޭއިރު، 25،000 ރ. އިން ފެށިގެން 35،000ރ. އާ ދެމެދުގެ މުދަލުން 15 އިންސައްތަ ޑިސްކައުންޓު ލިބޭނެއެވެ. އަދި 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 އިންސައްތައިގެ ޑިސްކައުންޓު ލިބޭނއެވެ.
ރިހި، ރަން އަދި ހުދުރަނުގެ ނަން ދީފައިވާ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގައި އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި އެސްޓިއޯ ކްރެޑިޓް ސްކީމް މެދުވެރިކޮށް މުދާ ނަގާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަން ގައި ކަސްޓަމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމަތު އަދި އައިޑީ ކާޑު ބޭނުންވާނެއެވެ.
