އުރީދޫ އެމް-ފައިސާ ގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ކުންފުނީގެ މޯބައިލް މަނީ ޕްލެޓްފޯމް، އެމް-ފައިސާއިން ފެށި މި ޕްރޮމޯޝަނަކީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށް، ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފެށި ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ޖޫން 1 ން 30 ގެ ނިޔަލަށް ކުރިއަށްދާއިރު، އެމްފައިސާ ބޭނުންކޮށް ފިންސް ޑައިވް އެންޑް ލެއިޝަރ ހޮޓަލާއި ޑްރީމް އިން ގެސްޓް ހައުސްގައި މަދުވެގެން ދެ ރޭގެ ޗުއްޓީއަށް ފައިސާ ދައްކާ ފަރާތްތަކަށް ހިލޭ އެއް ރޭގެ ސްޓޭ ލިބިގެންދާނެއެވެ.
މިއީ ހަމައެކަނި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނަކެވެ.
އއ. ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލެއިޝަރ ގެސްޓްހައުސްއަކީ ތިން ތަރީގެ ހޮޓަލެކެވެ. މި ހޮޓަލުގައި ފެހި ބަގީޗާއަކާއި، ލައުންޖަކާއި، ރެސްޓޯރެންޓެއް ހިމެނެއެވެ. މިތަނުގައި ފަސް ޑިލަކްސް ރޫމާއި އެއް ސުޕަރ ޑިލަކްސް ރޫމް ހުރެއެވެ.
މިއިން ކޮންމެ ރޫމެއްގައި ބޮޑު 3 މީހުން ނުވަތަ ދެ މީހުންނާއި ކުޑަކުއްޖަކަށް ހުރުވޭނެއެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ފްލެޓް ސްކްރީން ޓީވީ، މިނީ ފްރިޖް، ސޭފް، އަދި ވޯޑްރޯބެއް ހުންނާނެއެވެ.
މީގެއިތުރުން ހޫނު ފެނާއި ފިނި ފެން، ކޮންޕްލިމެންޓަރީ ޓޮއިލެޓްރީޒް ވެސް ހުންނައިރު، ގެސްޓުންނަށް ޚާއްސަ ޑައިނިންގ އޭރިއާއަކާއި ކޮމިއުނަލް ލައުންޖް ހުރެއެވެ. އަދި ހިލޭ ވައިފައި ވެސް ލިބޭނެއެވެ.
ތުލުސްދޫގައި ހުންނަ ޑްރީމް އިން އަކީ ޕްރީމިއަމް ކްލާސް ތިން ތަރީގެ ގެސްޓްހައުސްއެކެވެ. އެ ތަނުގައި ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި ޑިލަކްސް ރޫމްތަކާއި ސުޕަރ ޑިލަކްސް ރޫމްތައް ހުރެއެވެ. އަދި ކޮންމެ ކޮޓަރިއެއްވެސް އެއަރ ކޮންޑިޝަން، ކްލޯޒެޓް، ސޭފް، ހެއަރ ޑްރަޔަރ، ހޫނު ފެނާއި ފިނި ފެން ލިބޭ ފާޚާނާ ހުރެއެވެ.
