މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ސިންގަޕޫރު އެއަރލައިންސް އާ ގުޅިގެން 29 މެއި އިން 4 ޖޫން 2023 އަށް ކުރިއަށްގެންދިޔަ ފެމިލިއަރައިޒޭޝަން ދަތުރުގެ ބައިވެރިން ރާއްޖެ އަތުވެއްޖެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރަކީ ޗައިނާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދިޔަ ދަތުރެކެވެ. މި ދަތުރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ރާއްޖޭގެ ހޮސްޕިޓަލިޓީ އާއި އިމަރސިވް ތަޖުރިބާތަކާއެކު، ސަނީ ސައިޑް އޮފް ލައިފްގެ އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅި އާއި ތަފާތު ތަޖުރިބާތައް ދައްކާލުމެވެ. 

މި ފެމިލިއަރައިޒޭޝަން ދަތުރު ފެށީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަށް ފަހުއެވެ.  މި ދަތުރުގައި ޗައިނާގެ އެކި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ދަތުރުގައި ރާއްޖޭގެ ޚާއްޞަ ޤުދުރަތީ ސިފަތަކާއި 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓް ދައްކާލިއެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރާ އެއް މަންޒިލަކަށް ވާ ސަބަބާއި ރާއްޖޭގެ ޚާއްޞަ ތަޖުރިބާތައް އަލިއަޅުވާލަދޭ ކަވަރޭޖެއް ލިބިގެންދިޔައެވެ.

މި ދަތުރުގައި ބައިވެރިވާ ޓްރެވަލް+ލެއިޒާ، ސިޓީ ޓްރެވަލާ، ކޮންޑޭ ނާސްޓް ޓްރެވަލާ، ވޮޔޭޖް ، އަދި ފްލައިއަރ ޓީ ފަދަ މަޝްޙޫރު ޕަބްލިކޭޝަންތަކާއި ޕްލެޓްފޯމްތަކުން ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވުމާއެކު، މި ހަރަކާތުގެ ޖުމްލަ ރީޗް 1،270،000 އަށް އަރާނެ ކަމަށް ބެލެވެއެވެ. .މި ދަތުރުގައި ބައިވެރިންނަށް ސޯޝަލް މީޑިއާގައި ކޮންސިއުމަރުންނާ އިންޓަރެކްޓްކޮށް، ރާއްޖޭގެ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީ ތަޖުރިބާކޮށް ހިއްސާކުރުމާއި، މަންޒިލުގެ ދެމެހެއްޓެނިވި މަސައްކަތްތައް ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މި ދަތުރުގައި ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތައް ދައްކާލާ، އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި އަދި ތިމާވެއްޓާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ފާހަގަކުރިއެވެ. މި ދަތުރުގެ ތެރެއިން އަޅުގަނޑުމެންގެ އަމާޒަކީ ފުޅާ ދާއިރާއެއްގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ އިތުރުން އެކި ޕްލެޓްފޯމްތަކުގައި ވަރުގަދަ ބްރޭންޑް ޕްރެޒެންސެއް އުފެއްދުމާއި، ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީ އާއި ތަފާތު ތަޖުރިބާތައް ކުރުމަށް ދަތުރުވެރިން ލޯބި ޖައްސައިދިނުމެވެ. 

އެމްއެމްޕީއާރުސީގެ އަމާޒަކީ މި ހަރަކާތުގެ ތެރެއިން ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި އަދި ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމެވެ. ކޮވިޑްގެ ކުރިން ޗައިނާއިން އަންނަ ފަތުރުވެރިން އަބަދުވެސް އަޅުގަނޑުމެންގެ ޓޮޕް 10 ސޯސް މާކެޓްތެރޭގައި ފާހަގަކޮށްލެވުނެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް މި މާކެޓް އިތުރަށް ރަނގަޅުވާނެ ކަމުގެ އުއްމީދީ އަލާމާތްތައް ފެންނަމުންދެއެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ 17،691 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އަޅުގަނޑުމެންގެ އަމާޒަކީ އެކި ޕްލެޓްފޯމްތަކުގައި ބްރޭންޑް ޕްރެޒެންސް ވަރުގަދަކޮށް، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އިޚްތިޔާރުކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

މި ދަތުރަކީ ޕީއާރު ހަރަކާތްތަކާއި، ސޯޝަލް މީޑިއާ ޕްރޮމޯޝަންތަކާއި، ލީޑިންގ ޓްރެވަލް އެޖެންސީތަކާއެކު ހިންގާ ޖޮއިންޓް ކެމްޕޭންތަކާއި، އަދިވެސް އެތައް ހަރަކާތްތަކެއް ހިމެނޭ މާކެޓިން ސްޓްރެޓެޖީއެއްގެ ދަށުން ހިންގާ ހަރަކާތެކެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ޗައިނާގެ ބާޒާރުގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް އިތުރުކޮށް، ކޮވިޑް-19 އަށް ފަހު ދަތުރުފަތުރުގެ ފުރުސަތުތަކަށް ޝައުގުވެރިކަން އިތުރުވަމުންދާ މި ދުވަސްވަރުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމެވެ.