ރާއްޖެއަށް އެންމެގިނައިން ފަތުރުެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެުކުރި އަވަށްޓެރި އިންޑިއާ ހޯދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ 11.7 ޕަސެންޓް ހިއްސާއާ އެކު، މި ޖޫން މަހުގެ 6 ވަނަ ދުވަހާއި ހަމައަށް އިންޑިއާއިން ރާއްޖެއަށް 97،012 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި އަދަދާއެކު އެ ގައުމަށް ލިސްޓުގެ އެއްވަނަ ލިބޭިރު، އިންޑިއާ އަކީ މިދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ.

ތަފާސް ހިސާބަށް ބަލާއިރު، މިހާތަނަށް އެއްވަނަިއގާ އޮތް ރަޝިއާ ވަނީ ލިސްޓުގެ ދެވަނަ އަށް ވެއްޓިފައެވެ. ރަޝިއާއިން މިހާތަނަށް ރާއްޖެ އައީ 96،765 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ގައުމުތަކަކީ އިންޑިއާ، ރަޝިއާ، ޔޫކޭ، ޖަރުމަނު އަދި އިޓަލީ އެވެ. އަދި ޗައިނާ، ޔޫއެސްއޭ، ފްރާންސް ވެސް ހިމެނެއެވެ.

މީގެ އިތުރުން ސްވިޒްލޭންޑާއި ސައުތް ކޮރެއާ ވެސް އެ ލިސްޓުގައި ހިމެނެއެވެ.