ބޮލީވުޑްގެ ބަތަލާ، ސްވަރާ ބާސްކަރު ވަނީ ސަމާޖްވާދީ ޕާޓީގެ ސްޓޭޓް ޔޫތު ޕްރެޒިޑެންޓް، ފަހުދު އަހުމަދާ ރައްޓެހިވެ، ކޯޓުގައި ކައިވެނި ކުރި ޚަބަރު އިއުލާން ކޮށް މީގެކުރިން އެންމެން ހައިރާންކޮށްލާފަ އެވެ.

އޭގެފަހުން، މިހާރު ސްވަރާ، 35، ވަނީ ބަލިވެ އިނުމުގެ ޚަބަރު އިއުލާންކޮށް އޭނާގެ މުޅި ފޭން ބޭސް ހައިރާންކޮށްލާފައެވެ. އިންސްޓަގްރާމްގައި ސްވަރާ ވަނީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ޚަބަރު އިޢުލާންކޮށްފައެވެ. ފިރިމީހާ ފަހުދާ އެކު ބައެއް  ފޮޓޯތައް ޕޯސްޓް ކުރަމުން ސްވަރާ ވަނީ އޭނާގެ ބޭބީ ބަމްޕް ދައްކާލައިފައެވެ. އަދި އޭނާގެ ދަރިފުޅު ވިހެއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގައި ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. 

ސްވަރާ އަދި ފަހަދުގެ ކައިވެނި ފޮޓޯތައް ފެނުމާއި އެކުވެސް މީގެކުރީން ގިނަ މީހުން ބުނެފައިވަނި ސްވަރާ އަށް ބަލާލުމުން އޭނާ ބަނޑުބޮޑުހެން ހީވާކަމަށް ބުނެފައެެވެ.

ސްވަރާ ބާސްކަރާއި ފަހުދު، އެންޓި ސީއޭއޭގެ  ޖަލްސާގައި ބައްދަލުވެ ދެމީހުން ގާތްގުޅުމެއް އުފެދިގެންދިޔައެވެ. ކޯޓު ގައި ކުރި ކައިވެންޏަށް ފަހު އެ ދެމަފިރިން ކައިވެނި ކުރީ ސަގާފީ ޓެލަގޫ ރަސްމިއްޔާތެއްގަ އެވެ. އެމީހުންގެ ކައިވެނީގައި ސްވަރާ ލައިގެންހުރީ ރަތްކުލައިގެ އަދި ރަންކުލައިގެ ސިލްކް ސާރީއެކެވެ. ދެކުނު އިންޑިއާގެ  ސަގާފީ ޒީނަތްތެރިކަމާއި ގަޖްރާތަކުން އޭނާ ކައިވެނީގެ ހެދުން ފުރިހަމަ ކުރި އެވެ. އޭނާގެ ފިރިމީހާ، ފަހުދު ވަނީ ހުދު ކުރުތާއެއް  ރަންކުލައިގެ ނެހްރޫ ޖެކެޓަކާ ލާފައެވެ.